logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކޮޅުފުށީގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުތައް ނިންމުމުގެ މަސައްކަތް އާރްސީސީއަށް

މ. ކޮޅުފުށީގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުތައް ނިންމުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.

މިމަސައްކަތް އާރްސީސީއާ ހަވާލުކޮށްފައިވަނީ 117.8 މިލިއަން ރުފިޔާގެ އަގަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމު، ބަދިގެ، ކާގެ ، ލޯންޑްރީ އަދި ސްޓޯ ރޫމެކެވެ. މިމަސައްކަތް އާރްސީސީއާ ހަވާލުކޮށްފައިވަނީ 117.8 މިލިއަން ރުފިޔާގެ އަގަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *