މ. ކޮޅުފުށީގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުތައް ނިންމުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.
މިމަސައްކަތް އާރްސީސީއާ ހަވާލުކޮށްފައިވަނީ 117.8 މިލިއަން ރުފިޔާގެ އަގަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މ. ކޮޅުފުށީގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓުތައް ނިންމުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި.
117،784،123.50 ރުފިޔާ އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/BhypImm0ZH— Min.of National Planning, Housing & Infrastructure (@MoNPHImv) February 7, 2023
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމު، ބަދިގެ، ކާގެ ، ލޯންޑްރީ އަދި ސްޓޯ ރޫމެކެވެ. މިމަސައްކަތް އާރްސީސީއާ ހަވާލުކޮށްފައިވަނީ 117.8 މިލިއަން ރުފިޔާގެ އަގަށް 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.