logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހުއްދަނުނަގާ މަޑިފުށި ރިސޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ ކޮށްފި

މަޑިފުށި ޕްރައިވެޓް އައިލެންޑްގެ ނަމުގައި ހިންގަމުން އަންނަ ރިސޯޓުގެ ގޮނޑުދޮށް، ހުއްދަ ނުނަގާ ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމުން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މ. މަޑިފިށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ގަވައިދާ ހިލާފަށް ކޮށްފައިވުމުން އެ އެެޖެންސީއިން އެކަން ބަލާފައިވާ ކަމަށެވެ.

އެގޮތުން އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އީ.އައި.އޭ މަރުހަލާ ފުރިހަމަ ނުކޮށް ކަމަށާއި އަދި ތިމާވެށީގެ ކުލިއަރެންސް ހޯދެއްވުމަކާ ނުލާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ. އެގޮތަށް އެ މަސައްކަތް ކޮށްފައިވުމުން އީޕީއޭއިން އެރިސޯޓު ހިންގާ ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް 20،000.00 (ވިހި ހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މިފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަ އެއިދާރާއިން އިންފްލައިޓް ކޭޓަރިންގ އަށް 5 ޖެނުވަރީ ގައި އަންގާފައިވާ ކަމަށް ބުނެފައިވެއެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ