logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ހަލާލު ކުރެއްވި ރިޒުގެކޭ ބުނެ ވެލާ މަސް ކެއުމަކީ ރަނގަޅު ވިސްނުމެއް ނޫން: ނައީމް

ހަލާލު ކުރެއްވި ރިޒުގެކޭ ބުނެ، ވެލާ މަސް ކެއުމަކީ ރަނގަޅު ވިސްނުމެއް ނޫންކަމަށް އީޕީއޭގެ ޑިރެކްޓަރު އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނައީމް ވިދާޅުވީ ވެލާ ހިފައި އެ އެއްޗެހި މަރާލާ މައްސަލަ މީސްމީޑިއާއިން ގިނައިން ފެންނަނީ އެފަދަ ކަންކަމަށް އާއްމުންގެ ސަމާލުކަން ލިބޭ މިންވަރު އިތުރުވުމުން ކަމަށެވެ. ނަމަވެސް މީހަރު އާންމުން އެކަންކަމަށް ހޭލުންތެރިވެ، އެފަދަ މައްސަލަތައް މަދުކަމަށާއި މިހާރު ވެލާ ކެއުމާއި ވެލާ ނެގުމާއި މެރުމުގެ މައްސަލަތައް ދިމާ ވަނީ މަދު ހިސާބުތަކެއްގައި ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ހިސާބުތަކަށް އިތުރަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ނައީމް ވިދަޅުވިއެވެ.

"މާތްﷲ ހަލާލުކުރެއްވި އެއްޗެއް ކަަމަށް ބުނެ ވެލާ ކެއުން ރަނގަޅު ވިސްނުމެއް ނޫން. އިންސާނުންނަށް އޮންނަނީ ދިރޭ ތަކެއްޗާއެކު އުޅުން. އެއްވެސް އެއްޗެއް ނެތިކޮށްލުމުގެ ހައްގެއް އަޅުގަނޑުމެންނަކަށް ނުއޮންނާނެ. ރާއްޖޭގައި ވެލާ ކުރިއަށް ވުރެ ގިނައިން ފެނުނަސް ދުނިޔޭގައި އެއީ މަދު އެއްޗެއް." ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ވެލާ މަރައި، އެކައްކާ ކަމަށް ތަކުރާރުކޮށް ލިބޭ ރިޕޯޓުތަކާއި ގުޅިގެން، ފުލުހުންނާއި ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް އެކަން ހުއްޓުވުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ. ވެލާ އަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. އަދި ވެލާ މެރުމަކީ ގާނުނީ ކުށެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *