logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

ވިލިމާލޭ ފްލެޓް ތަކުގެ ޖޫރިމަނާ މާފުކޮށްފި

ވިލިމާލޭގައި ހުރި ސިނަމާލެ 4 ގެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށް އަމިއްލަ ކުރެވޭނެ ގޮތް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ވިލިމާލޭ ފްލެޓްތައް އަމިއްލަކުރެވޭނެ ގޮތް ހަމަޖެއްސީ އެކަމަށް އެދި ބައެއް ފަރާތްތަކުން ހުށަހެޅުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް އެގޮތަށް ހަމަޖެއްސުމަށް ފާސްކޮށްގެންނެވެ. އެ ނިންމުމާގުޅިގެން ފްލެޓް އަމިއްލަ ކުރެވެނީ ފްލެޓަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ފްލެޓް ޖޫރިމަނާ މަޢާފްވެފައިވުމާއެކު އަމިއްލަކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ދައުވަތު ފްލެޓްތަކުގެ ވެރިފަރާތްތަކަށް ސިޓީ ކައުންސިލުން ދިނީ ކުރިން އޮތް އެއްބަސްވުމަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށްފަހު އަލުން އެއްބަސްވުމެއްގައި ސޮއިކުރުމުން އަމިއްލަ ވާގޮތަށެވެ. އެއްބަސްވުމަށް ގެނެވުނު މައިގަނޑު ދެ ބަދަލަކީ ފްލެޓްގެ ޖުމްލަ އަގު ދެއްކުމުން ފްލެޓް މިލްކުކުރެވޭ ބަދަލާއި އަދި ޖޫރިމަނާ ފައިސާ މައާފްކުރުމުގެ ބަދަލެވެ. މިގޮތަށް ދައުވަތު ދިނުމުން ވިލިމާލޭގެ ފްލެޓްތަކުގެ ވެރިންގެ ތެރެއިން ގިނަ ޢަދެއްގެ ބަޔަކު މިހާތަނަށް ވަނީ ފްލެޓް މިލްކުކުރެވޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިހާތަނަށް ސޮއިނުކުރެވޭ ފަރާތްތަކުންވެސް ސިޓީ ކައުންސިލާ ވާހަކަދެއްކުމުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ސިޓީ ކައުންސިލުން ބުޏެވެ.

މާލެއާއި ވިލިމާލޭގައި ކުރިން ބިނާކޮށްފައިވާ ފްލެޓްތަކުގެތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ފްލެޓްތަކަށް ފައިސާ ދެއްކުމަކީ އެކި ދުވަސްވަރު އެކި މުއައްސަސާއިން ކުރަމުން އައިކަމަކަށްވެފައި ބައެއް ދުވަސްވަރު އިދާރީ މައްސަލަތަކާގުޅިގެން ފައިސާ ބަލައިގަތުން މަޑުޖައްސާލައި އެކަމުގެ ސަބަބުންނާއި އަދި ބައެއްފަރާތްތަކުން ފައިސާ ނުދެއްކުމުގެ ސަބަބުން ބޮޑަތި އަދަދުތަކުން ޖޫރިމަނާވެފައިވާ ތަންތަނެވެ. އެ މައްސަލައާއި ގުޅިގެން ކައުންސިލްގެ މަޝްވަރާއާއެކު ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކުރުމަށް ސަރުކާރަށް ހުށަހަޅައި ވިލިމާލޭ ފްލެޓްތަކުގެ ޖޫރިމަނާ މިހާރު ވަނީ މަޢާފްކޮށްދެއްވާފަ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަރުހަލާގައި ވެރިފަރާތްތަކުން ހުށަހެޅި ބައެއް އިސްލާހްތަކުގެތެރެއިން ޤާނޫނީ ގޮތުން ހުރަހެއްނެތް އިސްލާހްތައް އެއްބަސްވުންތަކަށް ގެނެސްދީފައިވާނެ ކަމަށާއި، އަދި ސިޓީ ކައުންސިލުން އެންގި ގަޑިތަކުގައި ސޮއިކުރަން ވަޑައިނުގެންނެވުނު ފަރާތްތަކަށް އިތުރު ފުރުޞަތުތައްވެސް ދީފައިވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިހާރުވެސް ފުރުޞަތު ވަނީ ހުޅުވިފައި ކަމަށާއި، ފްލެޓްތަކުގެ އެއްބަސްވުންތައް ކުރިން ހަދާފައިވާގޮތުން މިލްކުރެވޭނެ ގޮތެއް ނެތުމާއެކު މިހާތަނަށް ފައިސާ ދައްކާ ޚަލާސްކުރި ފަރާތްތަކުންވެސް މިލްކުކުރެއްވުމަށް މި އެއްބަސްވުމުގައި ސޮއިކުރަންޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގައި ބިނާކޮށްފައިވާ ފްލެޓްތަކުގެތެރެއިން ސިޓީ ކައުންސިލުން ބަލަހައްޓާ ސިނަމާލޭ އަދި މާލޭ ހިޔާ ފްލެޓްތައް އެ އުސޫލުން މިލްކުކުރުމާއި ޖޫރުމަނާ މަޢާފްކުރުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ވަނީ ފަށާފައި ކަމށާއި، އެ ފަރާތްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ކުރިއަށް އޮތްތާންގައި ދައުވަތު ދެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *