logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

ބްރޯޑްކޮމް އަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަން ލިސްޓްގެ ކުރީގައި ނުޒުހާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ނަންތައް ރުހުން ހޯދުމަށް ޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އޮފީހުން ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ގައިސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ވަނީ، ގައިސްގެ މަގާމަށް މެންބަރަކުު ނެގުމަށް ހުޅުވާލުމުން ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފެންނަ އެކަމަށް އެންމެ ގާބިލުކަން ހުރި ފަރާތަކަށް ދިނުމާ މެދު ފެންނަ ގޮތެއް އަންގަވައިދެއްވުން އެދިވަޑައިގެން ރައީސް ފޮނުއްވި ސިޓީ މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާ ގަ އެވެ.

އެ ސިޓީއާ އެކު ރައީސް ފޮނުއްވި ލިސްޓްގައިވާ ނަންތަކަކަކީ:

  1. އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
  2. ހުސައިން އަމްރު، ވ. ރޯޝަން
  3. ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
  4. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
  5. މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

މި ލިސްޓްގެ އެންމެ ކުރީގައިވާ ނުޒުހާ އަކީ މީގެ ކުރިން ވެސް ބްރޯޑްކޮމް އަށް ކުރިމަތިލެއްވި ބޭފުޅެކެވެ. ރާއްޖެ ޓީވީގައި ވެސް ކުރިން މަސައްކަތް ކުރައްވާފައިވާ ނުޒުހާގެ ނަން އޭރު ވެސް ރައީސް މަޖިލީހަށް ފޮނުއްވި ލިސްޓްގެ ކުރީގައި ހިމެނުއްވި އެވެ. އެހެން ނަމަވެސް އެ ފަހަރު މަޖިލީހުން ރުހުން ދެއްވީ އެހެން ބޭފުޅަކަށެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި އައިމިނަތު އަމީނާ އާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *