logo minivan

English

ބުދަ, 24 ޖުލައި 2024

’ފޭކް' ޑޮކްޓަރު މާލާގެ "ފޭކް ކަން" އެތައް ގައުމެއްގައި އޮތީ ފަޅާއަރާފައި!

އިރާނުގެ ކުރުދީ ނަސްލުގެ އުމުރުން 51 އަހަރުގެ މި މީހާގެ އަސްލު ނަމަކީ އަލީ މަހްމޫދު ހަސަން އެވެ. އޭނާ ބުނާ ގޮތުގައި އޭނާ އަކީ " ތިބް އީ ނަބަވީ ސްޕެޝަލިސްޓް އެންޑް ގުރުއާން ތެރަޕިސްޓްް" އެކެވެ.

ޑރ. މާލާ އަލީގެ ނަމުގައި މީނާ މަސައްކަތް ކުރާތާ 26 އަހަރު ވެފައިވާ ކަމުގައި އޭނާ ބުނެއެވެ.

ޤުރުއާނުގެ އާޔަތްތައް ކިޔަމުން އެކިއެކި ނުކުޅެދުން ތެރިކަން ހުންނަ މީހުން ގައިގާ އަތުން ތަޅާ ނުވަތަ އަތް ހާކާ  ވަގުތުން ޝިފާ ލިބޭ ފަރުވާ ދޭ ކަމަށް މީނާ ދައުވާކުރެއެވެ. ސޯޝަލް މީޑިއާގައި އޭނާގެ ގިނަ ފޮލޯވާސް ތިބި އިރު ބޭރުގެ ގިނަ މީޑިއާތަކުން އޭނާގެ 'ފޭކް' ވާހަކަ ވަނީ ރިޕޯޓްކޮށްފައެވެ.

މި މާލާ އަލީ ރާއްޖެ އައީ ޓުވަރިސްޓް ވިސާއެއްްގައެވެ. ބެލެވޭ ގޮތުގަ ދިވެހި ބަޔަކާގުޅިގެން އައިސް މީނާ ވަނީ އެނާ ދޭ "ފަރުވާ" ދިވެހިންގެ ބަޔަކަށްވެސް ދީފައެވެ.

"ފަރުވާ" ދިން މީހުންގެ ވާހަކަ:

އޭނާ ފަރުވާ ދިން ކަމަށް ބުނާ މީހުންނަކީ، އަޑު އެހުމާއި ވާހަކަދެއްކުމުން ނުވަތަ ފެނުމުން މަހުރޫމު ވެފައިވާ ކުދިންނާއި މީހުންނެވެ. އެފަދަ މީހުން ރަނގަޅުކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދި މިމީހާ ފަރުވާ ދިން މީހުނަށް ދާއިމީ ފަރުވާއެއް ލިބިފައި ނުވާކަން އެކި ގައުުމުތަކުގައި ވަނީ އެނގި މަޝްހޫރުވެފަ އެވެ.

މާލާގެ ގާތުން ފަރުވާ ހޯދުމަށް ދާ އެއްވެސް މީހެއްގެ އަތުން އޭނާ ފައިސާ ނުނަގައެވެ. އޭނާ ކުރާ ކަމަކީ ފަރުވާ ދޭ މަންޒަރު ވީޑިއޯ ކޮށް ބަލިމީހާ ރަނގަޅުވީކަމުގައި ދާއްކާ، އޭނާގެ ސޯޝަލް މީޑިއާގައި ކުޑަކުދިންވެސް ހިމެނޭގޮތަށް އޭނާގެ ގާތުން ފަރުވާ ހޯދާ މީހުންގެ ވީޑިއޯ އާންމުކުރުމެވެ.

އަޑު އިވުމުން މަހުރޫމުވެފައިވަނިކޮށް ރަނގަޅުކުރި އަންހެން ކުއްޖެއްކަމަށް ބުނެ އޭނާ ފަރުވާދީފައިވާ ކުއްޖެއްގެ ބައްޕަ މީޑިއާއަށް ކިޔާދީފައިވާ ގޮތުގައި އެކުއްޖާ އަކީ އެފަދަ ކުއްޖެއްނޫނެވެ. އަދި ވީޑިއޯ އާންމުމުން އާއިލާ އާއި ކުއްޖާއަށް ނަފްސާނީ ގޮތުން ގެއްލުންވެފައިވާކަމުގައި ވެއެވެ. އަދި ހަމަ އެއާއިލާގެ އިތުރު އަންހެނަކަށް އެފަރުވާދީ ވިޑިއޯ އާންމުކޮށްފައިވާ އިރު އޭނާގެ އަޑު އިވުމާއި ވާހަކަ ދެއްކުމަށް ވެސް ބަަދަލެއް ނާންނަކަމަށް އެއާއިލާ އިން ބުނެފައިވެއެވެ.

އަދި މި މާލާ މި ކުދިންނާއި މީހުންގެ ވީޑިއޯ ނަގާ އާންމުކޮށްފައި ވަނީ އެމީހުންގެ އިޒުނައާ ނުލައި އޮޅުވާލައިގެން ކަމުގައި ވެސްވެއެވެ.

ރާއްޖޭގައި ނޫނަސް އެކި ގައުމުތަކުގައި މީނާ ފަރުވާ ދީފައިވާ އެތައް ބަޔަކު އޭގެ ހަގީގަތް ކިޔާދީފައި އެބަހުއްޓެވެ.

އާދަޔާ ހިލާފް އަމަލުތައް

ދައުރުވަމުން ދާ ޔޫޓިއުބް ލިންކެއްގައިވާ ވީޑިއޯގެ 2ވަނަ ސިކުންތުން 8 ވަނަ ސިކުންތައް ޑޮކްޓަރެއްކަމަށް ދައުވާކުރާ މި މަލާ، ދިޔާ އެއްޗެއް އަޅާފައި ހުރި އެއްޗެއް ދައްކާފައި އެނާގެ ބަހުން ބުނާކަމަށް ވަނީ" މިއީ އަހަރެންގެ ކުޑަކަމުދާ ތަކެއްޗެވެ. މިއީ ހުރިހާ ބައްޔަކަށް ހުރި އާ އީޖާދެކެވެ. މުޅި ދުނިޔެ މިކަން ދަންނާށެވެ." މިހެން ބުނެފައި 58 ސިކުންތުގައި އެތަށި އޭނާ ބޯލައެވެ. މިފަދަ އާދަޔާ ހިލާފް މުޑުދާރު އަމަލު ހިންގާ މީހަކު ދީނުގެ ނަމުގައި އެކަން ކުރާތީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.

އެހެން ގައުމު ތަކުން ޑީޕޯޓް ކޮށްފަ 

މި ޑރ. މާލާ ރާއްޖެ އައިސް ފަރުވާ ދިންކަން ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސް ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ނެތި، އެ ފަދަ ކަމެއް ކުރުމުން އޭނާގެ މައްސަލައާއި ކަން ހިނގައިދިޔަ ގޮތް އަންނަނީ ބަލަމުންނެވެ. ނަމަވެސް މައްސަލަ ހެލްތް ގެ ސަމާލުކަމަށް އައި އިރު އޭނާ ފުރައިފިއެވެ.

މީގެ ކުރިން ބައެއް ގައުމު ތަކުން އޭނާ ޑީޕޯޓްކޮށްފައިވާކުަމުގައި ވެސް ބޭރުގެ ހަބަރުތަކުން ރިޕޯޓްކުރެއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ ހިމެނެއެވެ. އޭނާ ސައުދީން ޑީޕޯޓް ކޮށްފައިވަނީ މަކަރާއި ހީލަތް ހަދާ އޮޅުވައިލާފައި ވާތީ ކަމަށް ވެ އެވެ.

ވިސްނަންވީ ކަންކަން 

މި ހާދިސާއިން ވެސް އިބްރަތް ހާސިލް ކުރަންވީއެވެ. ހޭލުންތެރިކަން އިތުރުކުރަން ވީއެވެ. ޑޮކްޓަރީ ފަރުވާ ކުރިއަރާ ފައިވާ ޒާމާނެއްގަ މިފަދަ ނާ ތަހުޒީބު ކަންކަމަށް ހެއްލި، ދާއިމީ ނުކުޅެދުންތެރިކަން ފަދަ ބަލިތައް ހަމަ ކުއްލިއަކަށް މުޅިން ރަނގަޅުވާނެ ކަމަށް ގަބޫލުކުރުމަކީ ވެސް ދެރަކަމެކެވެ. ބަޔަކު ދައްކާހާ މަންޒަރަކަށް ހެއްލި ގަބޫލު ކުރަން ވެއްޖެ ނަމަ ގެއްލުމާ ވެސް ކުރިމަތިލާން ޖެހެއެވެ. ފޭކް ސްކޭމް ތަކާއި މިފަދަ ކޯން އާޓިސްޓުން ގިނަވެފައި ވާ އިރު މިފަދަ ކަންކަމަށް ސަމާލުވާންވީއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *