logo minivan

English

އަންގާރަ, 16 ޖުލައި 2024

ސަމާލުވޭ، ލިންކެއް ހިމެނޭ އެސްއެމްއެސް އެއް ބީއެމްއެލް އަކުން ނުފޮނުވާނެ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ، ލިންކެއް އެކުލެވޭ އެސްއެމްއެސްތަކެއް ފޮނުވައިގެން ސްކޭމެއް ކަސްޓަމަރުން ސަމާލުވާން އެ ބޭންކުން އެދިއްޖެ އެވެ.

ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ސްކްރީންޝޮޓެއްގެ ގޮތުަގައި ހިމަނާފައިވާ މެސެޖްގައި އެދިފައި އޮންނަނީ އެކައުންޓް ސެކުއާ ކޮށް ކާޑާ ލިންކް ކުރުމަށެވެ. އެއާ އެކު ދެން ހިމަނާފައި އޮންނަނީ ގޮތްނޭނގޭ ލިންކެކެވެ.

އެފަދަ މެސެޖްތަކާ މެދު ސަމާލުވާން އެދި ބީއެމްއެލްގެ ޓްވީޓްގައި ބުނީ އެއީ އޮޅުވާލައިގެން އުފައްދާފައިވާ ނަމްބަރު ތަކަކުން ހީލަތްތެރިން ފޮނުވާ މެސެޖްތަކެއް ކަމަށާއި ކަސްޓަމަރުން ސަމާލުވެ ތިބެން އެދޭ ކަމަށެވެ.

"އެފަދަ ލިންކްތަކަށް ނުފިއްތަވާ، އެހެނީ އެއްވެސް ލިންކެއް އެކުލެވޭ އެސްއެމްއެސް އެއް ބީއެމްއެލް އަކުން ނުފޮވާނެ،" ބޭންކްގެ ޓްވީޓްގައި ބުންޏެވެ.

އެސްއެމްއެސްއާއި ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް މެދުވެރިކޮށް ނުރައްކާތެރި ލިންކްތައް ފޮނުވައި، އެ ލިންކް ތަކަށް ފިތާ ފަރާތްތަކުގެ ފޯނާއި އެހެން ގެޖެޓްތައް ހެކްކޮށްގެން ބޭންކް އެކައުންޓްތަކުން ފައިސާ ނެގުމުގެ މައްސަލަ ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެފަދަ އޮޅުވައިލުންތަކުން ސަލާމަތްވާން މީހުން ހޭލުންތެރިކުރަން ބޭންކުންނާއި ފުލުހުން ވެސް އަންނަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެހެން ނަމަވެސް އެކަހަލަ މަޅިތަކުގައި އަދިވެސް އެތައް ބަޔަކު ދަނީ ޖެހެމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *