logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

މުހިއްމީ ވެރިކަމަށް އައުމެއް ނޫން، ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ގެންދިއުން: ގާސިމް

ވެރިކަަމަށް އައުމަށް ވުރެ، މުހިއްމީ ރާއްޖޭގެ ކަންކަން އިސްލާހުގެ މަގުން ގެންދަން ބާރު އެެޅުން ކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ) ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖޭޕީން މިއަދު ބޭއްވި އެޕާޓީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ސިޔާސީ ކަންކަމުގައި އުޅުއްވީ ވެރިކަމުގެ ބޭނުމުގައި ނޫން ކަމަށެވެ. ރާއްޖެ އިސްލާހުގެ މަގުން ގެންދަން އޭރުން ފެށިގެން ކުރަން ޖެހުނު ކޮންމެ ކަމެއް ގެންދަވަނީ ކުރައްވަމުން ކަމަށާއި ފުރަތަމަ އެ މަސައްކަތް ފެށީ ދިވެހި ވިޔަފާރިންގެ ޖަމިއްޔާގެ ތެރެއިން ކަމަށެވެ.

އޭގެ ފަހުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވި އިރު ވެސް ގާސިމް ވިދާޅުވި ގޮތުގައި އޭނާ ކުރެއްވީ އިސްލާހުގެ މަސައްކަތެވެ.

"މުހިއްމީ ވެރިކަމަށް އައުމެއް ނޫން. އިސްލާހުގެ މަގުން ގެންދިއުމަށް ބާރު އެޅުން،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމީ މިމަހުގެ 24 އިން 26 އަށް އެޕާޓީގެ ގައުމީ ކޮންފަރެންސް ބޭއްވުމަށެވެ. އެ ކޮންފަރެންސަށް ތައްޔާރުވާން ކުރަން ޖެހޭ އެކިއެކި މަސައްކަތްތައް ކުރަން ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީގެ ފަރާތުން ކެންޑިޑޭޓަކު ނެރުމާއި މެދު އެޕާޓީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެޕާޓީން 2018 ވަނަ އަހަރު ވެސް ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި ދިޔައީ އެމްޑީޕީއާއި އަދާލަތުޕާޓީ އަދި އެމްއާރްއެމް ހިމެނޭ ކޯލިޝަނަކަށެވެ. މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އެ ކޯލިޝަނުން ނެރުނު ކެންޑިޑޭޓެވެ. މިފަހަރުގެ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަން ބޭއްވި ޕްރައިމަރީ ވެސް ކާމިޔާބުކުރެއްވީ އެމަނިކުފާނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޚޮންމެ ބޭފުޅަކުވެސް ވެރިކަމަޢް އަންނަން އުޅޭއިރު އެހެން ވާހަކަދައްކަވާނެ އެކަމަކު ޤާސިމަކީ ވަރައްއަޚުލާގެ ރަގަޅުބޭފުޅެއް ޤާސިމް އެހެންވާނެވާހަކައެއްނޫން މިބުނީމިރިފާކުރީމިހާރުމޮތް ސަކުކާރައް ރައާސީ އިންތިހާބުގެ ދުވަސްވަރު ކިހާވައުދެއްވިތޯ އެވީވައުދުތަކުގެ މަތިންހަދާންހުރިހެނެއްހިޔެއްނުވޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *