logo minivan

English

ހޮނިހިރު, 13 ޖުލައި 2024

މަޖިލީހުގެ ތަޅުމުން ފިރިހެން މެމްބަރުން ބޭރުކުރުމަށް އަންހެން ސެކިޔުރިޓީން ފޮނުވުން އިދިކޮޅޫ ކޯލިޝަނުން ކުށްވެރިކޮއްފި

މަޖިލީހުގެ ތަޅުމުން ފިރިހެން މެމްބަރުން ބޭރުކުރުމަށް މަޖިލީހުގެ އަންހެން ސެކިޔުރިޓީން ފޮނުވުން އިނދިކޮޅު ކޯލިޝަނުން ކުށްވެރިކޮއްފިއެވެ.

އިނދިކޮޅު ކޯލިޝަން ޕީޕީއެމް ޕީއެންސީ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި އިނދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް މަޖިލީހުގެ އަންހެން ސެކިޔުރިޓީން ފޮނުވުން އެ ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މަޖިލީހުގެ ފިރިހެން މެންބަރުން ގަދަކަމުން ނެރުމަށް އަންހެން ސެކިޔުރިޓީން ފޮނުވުމަކީ ކަނބަލުންގެ ޢިއްޒަތާއި ކަރާމާތް ގަސްދުގައި ނަގާލުންކަމަށް ވެސް އެ ބަޔާނުގައި ބުޏެވެ. އަދި އެކަން ކޮށްފައިވަނީ މުޖުތަމަޢުގައިވެސް ކަނބަލުންނަށް ފުރައްސާރައާއި ނިކަމެތިކަން ކުރިމަތިވާނެ ފަދަ ގޮތަކަށްކަން ވަރަށް ހިތާމައާއެކު ފާހަގަ ކުރާމަށް ވެސް ބަޔާނުގައި ވެއެވެ. މަޖިލީހުގެ ރިޔާސަތުން އެފަދަ ގޮތަކަށް އެކަން ރާވާފައިވަނީ އިދިކޮޅުގައި ތިބީ ހުސް ފިރިހެން މެންބަރުންކަން އެނގިވަޑައިގެން ކަމަށާއި، އެ މެންބަރުންނާއި އަދި އެ މެންބަރުން ތަޅުމުން ނެރެން ފޮނުވި އަންހެން ސެކިޔުރިޓީ ބޭފުޅުންވެސް ލަދުވެތި ކުރުވުމުގެ ބޭނުމުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއީ ދިވެހި އިސްލާމީ މުޖުތަމަޢު ޤަބުލުކުރާ ރިވެތި ހަމަތަކާއި އުސޫލުތަކާއިވެސް ހިލާފަށް ހިންގާފައިވާ ވަރަށް ހަޑިހުތުރު އަމަލެއް ކަމަށް އިނދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނޫސް ބަޔާނުގައި ބުނީ އަންހެން ސެކިޔުރިޓީންނަށް ލަދުވެތިކަމާއި ފުރައްސާރަ ކުރިމަތިވާ ގޮތަށް އެކަން އެހެން ހިނގާ ދިޔައިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައީސް ގެ އަނބިކަނބަލުން ފަޒުނާ އަހުމަދާއި، ޖެންޑާ މިނިސްޓަރާއި އަންހެން ވަޒީރުންނާއި، މަޖިލީހުގައި ތިއްބެވި ހަމައެކަނި އެމްޑިޕީއަށް ނިސްބަތްވާ އަންހެން މެންބަރުންނާއި، ސިޔާސީ އެކިއެކި މަގާމުތަކުގައި ތިއްބެވި އަންހެން ބޭފުޅުން ވެސް އެ މަންޒަރުތައް ބައްލަވަން ވަރަށް ގަޔާވެގެން ތިއްބެވި ކަމަށެވެ.

އޭގެ އިތުރުން ނޫސް ބަޔާނުގައި ވަނީ ޖަލްސާއިން މެމްބަރުން ނެރުމުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކަކީ އަންހެނުނަނަށް ކުރާ އިޙްތިރާމާއި ގަދަރު ކުޑަކަމާއި، މިސަރުކާރުން އަންހެނުން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކޮންމެ ފަދަ ގޮތަކަށްވެސް ބޭނުންކޮށްފާނެކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *