logo minivan

English

އަންގާރަ, 23 ޖުލައި 2024

ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ކުޑަދެއަންހެން ކުދިންނަށް ޖިންސީގޯނާ ކުރިކަމަށް ހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "މިނިވަން" އަށް ވިދާޅުވީ، 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަ އެއް، މިމަހުގެ ފުރަތަމަ ދުވަހު ފުލުހުންނަށް ހުށަހެޅިކަމަށާއި އެ މައްސަލާގައި މިމަހުގެ ހަވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފެބްރުއަރީ ހަތްވަނަދުވަހު ކޯޓުން އަމުރުދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

މާލޭގެ މިސްކިތަކުން ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ބިދޭސީ އަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް މިއަދުވަނީ 30 ދުވަސް  ޖަހާފައެވެ. 

ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް އެ މިނިސްޓްރީއަށް ކޮންމެ މަހަކު ވެސް ހުށަހަޅަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އެފަދަ 19 މައްސަލައެއް ހުށަހެޅި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *