logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024

އާސަންދަގެ ހަރަދު އެއްވެސް އިންތިހާބަކާ ހެދި ބޮޑެއްނުވޭ: މިއުވާން

އެމްޑީޕީ އެތެރޭގެ އިންތިހާބުތަކާ ގުޅުވާ އާސަންދަ ބޯޑުވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރާއީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ސަރުކާރުން މިއަދު ރައްދު ދީފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް މީހުން ޑޮކްޓަރަށް ދެއްކުން އިތުރުވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. . އާސަންދައިން ކޮންމެ މަހަކު ފައިސާ ދައްކަނީ ހަމަ އެކަނި އެ މަހެއްގެ ބިލުތަކަށް އެކަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު "އާސަންދަ" އަށް ކުރި ހަރަދު ކުއްލިއަކަށް ވަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ހެދި ވީ ގޮތެއްތޯ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައްލަވަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

މިއުވާން ވިދާޅުވީ އާސަންދަ ކަންކަން ހިނގާގޮތް ވަރަށް ރަނގަޅަށް ރައީސް ނަޝީދުއަށް އެނގިވަޑާގަންނަވާނެ ކަމަށެވެ. އަދި މަޖިލީސްތެރޭގައި އެމޭރުމުން ރައީސް ނަޝީދު ވާހަކަ ދެއްކެވީ ކީއްވެކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *