ސިނަމާލެ ބްރިޖު ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މަންޒަރު ދުއް ބައެއް މީހުން ބުނި ގޮޮތުގައި މި ހާދިސާ ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މިހާއަށް އައިޖީއެމްއެޗް ގައި މިވަގުތު އަންނަނީ ފަރުވާދެމުންނެވެ.
މި އެކްސިޑެންޓްގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.
މި އެކްސިޑެންޓްގެ ފޮޓޯ ކަމުަގއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި ބޮޑެތި އަނިޠާ ތަކާ އެކު މީހަކު ހައިވޭ މައްޗަށް ވެއްޓިފައިވާ އިރު ކާރަކާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.