logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ތުރުކީއާ ސީރިޔާއަށް އެއް މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް ޞާލިހު ނިންމަވައިފި

ތުރުކީއާ ސީރިއާ ގުޅޭ ސަރަހައަދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ދެގައުމުގެ ރައްޔިތުންނަށް އެހީތެރިވެދިނުމުގެ ގޮތުން އެ ދެ ގައުމުގެ ރައްޔިތުންނަށް 1 މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުރުކީއާ ސީރިޔާ އަށް ބިންހެލުމުގައި އެތައް ބަޔަކު ނިޔާވެ ހާލުގައި ޖެހުމުގެ ސަބަބުން އެ ދެ ގައުމުގެ ރައީސުންނަށް ރައީސް ޞާލިހް ތައުޒިޔާ ދަންނަވައިފައިވާ ކަމަށެވެ. އަދި ބިންހެލުމުގެ ކާރިސާއިން އަރައިގަތުމަށް އެ ދެޤައުމުން ކުރަން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން  އެއް މިލިޔަން މަސްދަޅު ދިވެހި ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރެއްވުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އެެއް މިލިޔަން މަސް ދަޅުގެ ތެރެއިން ކޮންމެ ޤައުމަކަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 5 ލައްކަ މަސް ދަޅެވެ.

ދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި 7.8 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމުގައި އެ ދެ ގައުމުން މަރުވި މީހުންގެ އަދަދު 21،000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. ތުރުކީން އެކަނި ވެސް 18،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ސީރިއާ އިން 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ތުރުކީން އެކަނި ވެސް 50،000 އަށްވުރެ ގިނަ މީހުން އިމާރާތްތަކުގައި ދަށުވުމުން އެކި ޒަހަމްތައް ލިބިފައިވެއެވެ. އިމާރާތްތަކުގެ ދަށުގައި އެތައްހާސް ބަޔަކު އަދިވެސް ތާށިވެފައިވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *