ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހަމަޖައްސައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި ނިހާން ޖުމްހޫރީ ޕާޓީއާ ގުޅުނީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުންނެވެ. ޖުމްހޫރީ ޕާޓީއާ ގުޅުނު ނަމަވެސް ސިޔާސީ މައިދާނުގައި މާ ހަރަކާތްތެރިކޮށް ނިހާން އުޅުއްވާތަނެއް ނުފެނެއެވެ. ޤާސިމްގެ އެޑްވައިޒަރަކަށް ނިހާމް ހަމަޖެއްސީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޤާސިމް އިބްރާހިމް ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ސިޔާސީ މަޝްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުން މިދަނޑިވަޅުގައި ނިހާން މި މަޤާމަށް ހަމަޖެއްސުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޤާސިމް ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެކެވެ. ޤާސިމްގެ އެޑްވެެއިޒަރެއްގެ ގޮތުން ކުރީގެ މެމްބަރު އިލްހާމް އަހުމަދުވެސް ގެންދަވަނީ ހަރަކާތްތެރިވަމުން ނެވެ.
Congratulations Hon. Ahmed Nihan Hussain Manik on your appointment as the Advisor to the Leader of Hon. Qasim Ibrahim pic.twitter.com/Ns77mf8RPs
— JP Secretariat (@JPSecretariat) February 10, 2023
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް މިމަހު 23 ވަނަ ދުވަހު އޮންނައިރު ޕާޓީގެ ލީޑަރު ކަމުގެ މަޤާމް އުވާލާ ޕާޓީގެ ރައީސަށް ހުރިހާ ބާރުތަކެއް ދިނުމަށް އިސްލާހު ހުށައެޅުމަށް ވަނީ ނިންމާފައެވެ. އަދި ޕާޓީގެ ރައީސަށް ލަފާދޭން 5 އެޑްވައިޒަރުންނާއި 5 ނައިބްރައީސުން އައްޔަން ކުރުމަށްވެސް އިސްލާހު ހުށައެޅުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ތަންތަނުގައި ބަރަހަނާވެފައި ތިބި ވަގުން ފަހަތްޕުޅަށް ލައްވައިގެން ލިބޭނެ އެއްވެސް މަންފާއެއް ގާސިމް އަކަށް ނޯންނާނެ.. އެހެނެއްނޫން ވަގުންގެ ހުސްވެފައިހުރި ޖީބުތަކަށް ކޮންމެސްވަރެއްގެ ބަރެއްލިބޭނެ.. ތިޔަ ޑީލުން ރައްޔިތުންގެ އިހްތިރާމާއި ވޯޓު ކޮންމެސް މިންވަރަކަށް މަދުވާނެކަމަށް ލަފާކުރެވޭ… ބިޒްނަސް މޫވް އެއްކަންނޭގެ ގާސިމް އެހިސާބު ޖަހަން އަދުރެމެޓިކްސް އަށްވުރެން ރަގަޅުވާނެ..