logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ކުޑަގިރި ޕިކްނިކް އައިލެންޑް. ފޮޓޯ:އެޗްޑީސީ

ސްކޫލްކުދިންނަށް ހާއްސަ ރަށް ވެސް ކުޑަގިރިއާ އެކު ނިންމަން އެޗްޑީސީއާ ހަވާލުކުރި

ފަޅެއްގެ ތެރޭގައި ބިން ހިއްކައިގެން ސަރުކާރުން ހެދި ޕިކްނިކް އަައިލެންޑްގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރި އިރު ހަމަ އެރަށާއި އެކުގައި ސްކޫލް ކުދިންނަށް ހާއްސަ، ރަށެއް ހިއްކައި، ތަރައްގީކުރަން އެ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަގިރި ހުޅުވަން އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުޑަގިރި ތަރައްގީކުރަމުން އައި އިރު އެރަށާ ޖެހިގެން ކުޑަ އެހެން ރަށެއް ތަރައްގީކުރާނެ ވާހަކަ ސަރުކާރުން އިއުލާނުކޮށްފައި ވާނެ ކަމަށާއި އެއީ ސްކޫލްކުދިންގެ އެކިއެކި ހަރަކާތްތަކަށް ހާއްސަކުރާ ރަށެއް ކަމަށެވެ. ކުޑަގިރި ހުޅުވާ އިރު އެރަށުގެ މަސައްކަތް ނިމިފައި އޮންނަން ޖެހޭނެ ކަމަށް، އެޗްޑީސީއާ ކުޑަގިރީގެ މަަސައްކަތް ހަވާލުކުރި އިރު ވިދާޅުވެފައި ވާނެ ކަމަށް ވެސް ރައީސް ވިދާާޅުވި އެވެ.

"ކުޑަގިރި، އެޗްޑީސީއާ އަޅުގަނޑުމެން ހަވާލުކުރި ދުވަހު އެ ބައްދަލުވުމުގައި އަޅުގަނޑު ވާނެ އެކަން ޝަރުުތުކޮށްފައި. ކުޑަގިރި ހުޅުވައިގެން ހިދުމަތް ދޭ އިރުގައި އެރަށް[ސްކޫލް ކުދިންނަށް ހާއްސަ ރަށް] ޖެހޭނޭ މިތާ އޮންނަން،" ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތް ލަސްނުކޮށް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަން އެޗްޑީސީއަށް ރައީސް އިލްތިމާސްކުރެއްވި އެވެ. އެ މަނިކުފާނު މި މޭރުމުން ވާހަކަ ދެއްކެވި އިރު އެޗްޑީސީގެ އިސްވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ތިއްބެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުޑަގިރިއާ އެކު ތަަރައްގީކުރަން އެޗްޑީސީއާ ހަވާލުކުރި ދެވަނަ ރަށުގެ ބޭނުމަކީ ގާލްގައިޑާއި ސްކައުޓް ފަދަ ހަރަކާތްތަކުގައި އުޅޭ ދަރިވަރުން ކޭމްޕް ކުރުން ފަދަ ސްކޫލް ހަަރަކާތްތަކަށް ހާއްސަ ރަށެކެެވެ.

ކުޑަގިރި މިއަދު ރަސްމީކޮށް ހުޅުވި އިރު ސްކޫލްކުދިންނަަށް ހާއްސަ ރަށުގެ މަސައްކަތް ނުނިމުނީ ކީއްވެ ކަމެއް އެެޗްޑީސީއަކުން އަދި ހާމައެއް ނުކުރެ އެވެ. އެ ރަށުގެ މަސައްކަތް ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަން ވެސް އެކޯޕަރޭޝަނުން އަދި ހާމައެއް ނުކުރެ އެވެ.

އެޗްޑީސީން މިދިޔަ ބުރާސްފަތި ދުވަހު ބުނި ގޮތުގައި ކުޑަގިރީގެ ބައެއް މަސައްކަތްތައް ވެސް އަދި މުޅިން ނުނިމެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *