logo minivan

English

އަންގާރަ, 22 އޮކްޓޯބަރ 2024
Kudagiri
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުޑަގިރި ރަސްމީކޮށް ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވައިފި

މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ތަރައްގީ ކުރި ޕިކްނިން އައިލެންޑް، ކުޑަގިރި ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ފަޅެއް ހިއްކައިގެން ސަރުކާރުން ތަރައްގީކުރި ކުޑަގިރި ހުޅުއްވައިދެއްވީ އެކަމަށް ޓަކައި އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުން، މާލޭގެ ކާރޫބާރޫ ބޮޑުކަމުން ދުރަށް ޖެހިލައި، އާއިލާތަކާއި ރައްޓެހިންގާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ހިތްހަމަޖެހުން ކުރިން ހޯދަމުން އައި ކުޑަބަނޑޮހުން ކަމަށާއި އެހެން ނަމަވެސް ކުރީގެ ސަރުކާރަކުން އެރަށް "އަތުލައިގަނެފައިވާ" ކަމަށެވެ. އޭގެ ފަހުން މިވީ 10 ވަރަކަށް އަހަރު އެކަން އޮތީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑު ކަންބޮޑުވުމަކަށް ވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ މާލޭގައި ދިރިއުޅޭ މީހުންނަށް މި އުފާވެރިކަން ހޯދައިދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުޑަގިރީގައި ގިނަ ވަސީލަތްތަކެއް ގާއިމްކޮށްފައި ވިޔަސް، އަދި ވެސް ބައެއް ވަސީލަތްތައް އަދިވެސް ގާއިމްކުރަން ޖެހެ އެވެ. އެހެން ނަމަވެސް މިހައިތަނަށް ގާއިމްކޮށްފައިވާ ވަސީލަތްތަކާއި އެކު، ކުޑަގިރިއަށް ދަތުރުދާ މީހުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުޑަގިރިއަކީ އާއިލާތައް އެކުގައި ދާނެ ތަނަކަށް ވާތީ، އެރަށަށް ދަތުރުދާ އެންމެނަށް ހިތްފަސޭހަ ތަނަކަށް ހަދަން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތްކުރަން ރައީސް އިލްތިމާސް ކުރެއްވި އެވެ. އެރަށުގެ ސެކިއުރިޓީއާއި ސާފުތާހިރުކަން ބަލަހައްޓަން އެޗްޑީސީން ގިނަ މުވައްޒަފުންތަކެއް ލާފައި ވިޔަސް އެރަށް، ސާފު އަދި އަމާންތަނެއްގެ ގޮތުގައި އޮންނާނީ ދަތުރުދާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުކަން ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިއްޔެ ކުޑަގިރި ހުޅުވިއިރު ރައްޔިތުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. 300 ޖާގަ އަށް ބުކިން ހުޅުވާލިތާ މަދު ގަޑިއިރެއްތެރޭގައި ބުކިިން ފުލްވިއެވެ. އެރަށުގައި ދަތުރުދާ މީހުނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *