logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024
ތުރުކީއަށް އައި ބިންހެލުމުގައި އިމާރާތެއް ބިމާ ހަމަވެފައި ފޮޓޯ: ރޮއިޓާސް

ވެއްޓުނު އިމާރާތްތަކާއި ގުޅޭ 113 މީހަކު ހައްޔަރުކުރަން ތުރުކީން ނިންމައިފި

ތުރުކީ އަށް އައި ނުރައްކާތެރި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކާއި ގުޅޭ 113 މީހަކު ހައްޔަރުކުރަން އެ ގައުމުން ނިންމައފިއެވެ.

ތުރުކީއަށް އައި ބިންހެލުންތަކަކީ ބާރުގަދަ ބިންހެލުންތަކަކަށްވީ ނަމަވެސް، ހާލުގައި ޖެހުނު މީހުންނާއި ތަޖުރިބާކާރުންނާއި ބުނަނީ އެހާ ގިނަ އިމާރާތްތަކެއް ވެއްޓުނީ އެންމެ އެކަށީގެންވާ ވަރަށް އިމާރާތްތައް ހަދާފައި ނެތުމުން ކަމަށެވެ.

ތުރުކީގެ ނައިބު ރައީސް ފުއާޓް އޮކްޓޭ ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ގެއްލުން ލިބުނު 10 ޕްރޮވިންސުން ވެއްޓުނު އިމާރާތްތަކާއި ގުޅުންހުރި 131 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 113 މީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެފައިވާ ކަމަށް އޮކްޓޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

"ހާއްސަކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިމާރާތްތަކާއި މީހުން މަރުވެ ޒަހަމްވި އިމާރާތްތަކަށް ބޭނުންވާ ޝަރުއީ މަރުހަލާ ނިމެންދެން މިކަން ކުރިއަށް ގެންދާނަން."

ތުރުކީގެ ޖަސްޓިސް މިނިސްޓަރު ވަނީ އެކަމުގައި ޒިންމާވާ ކޮންމެ މީހަކަށް އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ކޮންސްޓްރަކްޝަންގައި ބޭނުންކުރާ ތަކެތީގެ ހެކި ހޯދުމަށް ޕްރޮސެކިއުޓަރުން ވަނީ އިމާރާތްތަކުގެ ސާމްޕަލް ނަގަން ފަށައިފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރު މުއްރަތު ކުރުމް ވިދާޅުވީ 170،000 އަށް ވުރެ ގިނަ އިމާރާތުގެ އެސެސްމަންޓަށް ބަލާއިރު، އެ ސަރަހައްދުގެ 24،921 އިމާރާތް ވެއްޓިފައިވާ ކަމަށާއި ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ސީރިއާ އާއި ތުރުކީގެ ބައެއް ސަރަހައްދުތަކަށް އެރި ކާރިސާގެ ހަ ދުވަސް ފަހުން ވެސް އެ ހާދިސާގައި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް މީހުން ދަނީ ކުރަމުންނެވެ. މަރުވި މީހުންގެ އަދަދު 29،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، މި އަދަދު އިތުރަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ސަރުކާރުން އިމާރާތް ކުރުމުގެ ގަވާއިދުތައް ތަންފީޒު ނުކުރާ ކަމަށް އިދިކޮޅު ފަރާާތްތަކުން ބުނެއެވެ.

އެންމެ ފަހުން 1999 ވަނަ އަހަރު އައި ބިންހެލުމާ ގުޅިގެން އިމާރާތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ބިންހެލުންތަކުން ސަލަމާތްވެވޭ އިމާރާތްތަކަށް ހެދުމަށް ނެގި ހާއްސަ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުވެސް އެ މީހުން ކުރެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *