logo minivan

English

ހުކުރު, 19 އޭޕްރިލް 2024

ބީޗު ވޮލީ އަދި ވޯޓާރ ސްޕޯޓްސްއަކީ ކާމިޔާބީތައް ހޯދޭނެ މުސްތަޤުބަލް އޮތް ކުޅިވަރުތަކެއް: ރައީސް

ބީޗު ވޮލީ އަދި ވޯޓާރ ސްޕޯޓްސްގެ ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ، މުސްތަޤުބަލް އޮތް ކުޅިވަރުތަކެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާލުވީ ރައީސް އޮފީހުގައި ބޭއްވި ރާއްޖޭގެ ބޯޗްވޮލީ ފިރިހެން ޓީމާއި އަދި ބޮޑީބޮލްޑިންގ ޓީމު ހޯދި ކާމިޔާ ފާހަގަކޮށް އެދެޓީމާ ބައްދަލުރުމުމަށް ބޭއްވި ރަސްމިޔާތުގައެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާ، އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ ބައްދަލުކުރުމަށް ބޭއްވި ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ރައީސް ސޯލިހުގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ވޮލީ ބޯލް އެސޯސިއޭޝަނާއި، ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީމުތަކުގެ އޮފިޝަލުންނެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ދެޓީމުންވެސް ހޯދި ކާމިޔާބީތައް ފާހަގަކޮށް މަރުހަބާ ވިދާލުވެފައެވެ. އެގޮތުން އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖޭގެ ފިރިހެން ޓީމް ވަނީ ރަންމެޑަލް ހޯދާފައެވެ. އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ބޮޑީބިލްޑިންގ ޓީމުން ހޯދާފަވެއެވެ.

މިބައްދަލުކުރުމުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާ، އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމަށެވެ. މީގެ އިތުރުން ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުސަތުތައް ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްޕޯޓްސް މިނިސްޓާރ އަހުމަދު މަހުލޫފު ވިދާޅުވީ ފާއިވެދިޔަ ހަތަރު އަހަރު ތެރޭގައި މީގެ ކުރިން ކުޅިވަރުގައި ހޯދާފައިނުވާ ގިނަ ކާމިޔާބީތައް ހޯދާފައިވާކަމަށެވެ. ވޮލީ ބޯލް އެސޯސިއޭޝަނުންނާއި، ބޮޑީބިލްޑިންގ އެސޯސިއޭޝަނުންވެސް ވަނީ، ކުރިން އެކުޅިވަރުތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު އިރު، މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އަންނައިރު، ޑިސެމްބަރު މަހު ބޭއްވި، ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ. މިއީ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *