logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

ޔާމީން ބަންދާ މެދު އޮތް ކަންބޮޑުވުން އިިދިކޮޅުން ޔޫއެންއަށް ހުށަހަޅައިފި

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ބަންދުގައި ހުންނެވުމުގެ ކަންބޮޑުވުން އިދިކޮޅު އެދި ޕީޕީއެމްގެ ކޯލިޝަނުން ޔޫއެންއަށް ހުށަހަޅައިފި އެވެ.

ރާއްްޖޭގައި ހުންނަވާ ޔޫއެންގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތެރިން ހަސްވެލް އާ ބައްދަލުކުރުމަށް ފަހު ޕީޕީއެމުން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ "ގާނޫނާ ހިލާފަށް ޔާމީން ބަންދުކޮށްފައިވާ މައްސަލައާއި ޑިމޮކްރެޓިކް ގޮތުން ރާއްޖެ ފަހަތަށް ސޮއްސައިލާފައިވާ މައްސަލައިގެ ކަންބޮޑުވުން" އެ ބައްދަލުވުމުގައި ފާޅުކޮށްފައިވާނެ ކަމަށެވެ.

ކެތަރިންއާ އެކު ޕީޕީއެމްގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޔާމީން ޖަލަށް ލާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އިދިކޮޅުން ބުނި އިރު، އެމަނިކުފާނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރިޝްވަތު ހިފުމުގެ ކުށާއި މަނީލޯންޑާކުރުމުގެ ކުށް ސާބިތުވެގެންނެވެ. އެ ދެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް، ކްރިމިނަލް ކޯޓުން އިއްވި އެވެ.

ރައީސް ޔާމީން މިނިވަންކުރުމަށްޓަކާ "ހުރިހާ ދޮރެއްގައިވެސް ޓަކިޖަހައި ނުފުރޮޅާނެ ގަލެއް ނުބާއްވާނެ" ކަމަށް އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޔާމީނު އަމިއްލައަށްބުނީ ގެއަށް ނުހައްގުން ފައިސާވެއްދީމޭ ބޫނާއިރުވެސް ކަލޯމެން ތިބުނަނީ ނުކުރާނޭ ދެންކިހިނެއްރަގަޅުވާނީ ކަލޯމެން ޑޮކްޓަރުންގެ ޓެގުޖަހައިގެން ތިބެ ތިކަހަލަވާހަކަދެއްކީމާ ކަލޯ މެންގެ އަގުވެއްޓި ހިރަފުސްއަރާފަތިތިބީ ދެނެއް ކަލޯމެނެއް ބަލައެއްނުގަންނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *