logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024
Health ministry

ބޭރަށް ހިންގުން އިތުރުވެފައި ވާތީ ސަމާލުވާން އެދިއްޖެ

މިިދިޔަ ޑިސެމްބަރު މަހާ އަޅާބަލާ އިރު މިދިޔަ މަހު ރާއްޖޭގައި ބޭރަށް ހިންގުން ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ ޑިސެމްބަރުގައި 3،362 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އިރު ، މިއަހަރުގެ ޖެނުއަރީގައި 3502 މީހުން ރިޕޯޓްކޮށްފައިވެއެވެ.

ބޭރަށް ހިންގުން އިތުރުވެފައިވާތީ، އެކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީއިން އިލްތިމާސްކުރެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި :

  • ސައިބޯނި ލައިގެން އަތްދޮވުން، ހާއްސަކޮށް ކެއުމުގެ ކުރިން ނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން
  • ފާހާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށް ސައިބޯނި ލައިގެން ރަނަގަޅަށް އަތްދޮވުން
  • ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމާއި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
  • ފްރިޖްފަދަ ކާބޯތަކެތި ރައްކާ ކުޜާ ތަންތަން ރަނގަޅަށް ސާފުކުރުން
  • ރައްކާރެތި ސާފު ބޯފެން ބޭނުންކުރުން ހިމެނެއެވެ.

ބޭރަށް ހިންގާ ހޮޑުލެވުން ޖެހިއްޖެނަމަ، ލޮނު ޕެކެޓް ( އޯއާރްއެސް ) ބޭނުންކުރުމާއި ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަކީ މުހިންމުކަމެކެވެ.

ބޭރަށް ހިންގުމުގެ އިތުރުން ޑިހައިޑްރޭޝަންގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަންވާނެއެވެ.

ބޭރަށް ހިންގުމުގެ އިތުރުން ލޮލުރޯގާއާއި ވައިރަލް ހުން ވެސް މިދިޔަމަހު ވަނީ އިތުރުވެފައެވެ. ގައިންގަޔަށް އަރާ ގިނަ ބަލިތަކަކީ އާންމު ސާފުތާހިރުކަމާ ގުޅިފައި ހުންނަބަލިތަކެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *