logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން މުޙައްމަދު ޙިސާން ޢަލީއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަޤާމަށް ‎ސ. ހިތަދޫ، ނަންރީތިގެ، މުޙައްމަދު ޙިސާން ޢަލީ ފަހްމީ މިއަދު ޢައްޔަންކުރައްވައިފިއެވެ.

މުޙައްމަދު ޙިސާން ޢަލީ ފަހްމީ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަޤާމުން އެބޭފުޅާ މިއަދު ވަކިކުރެއްވުމަށްފަހުގައެވެ. ޙިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މަރކެޓިންގ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ މުޙައްމަދު ޙިސާން ޢަލީ ފަހްމީގެ ބެއްލެވުމުގެ ދަށުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *