logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

ފައިސާ ނުދައްކައިގެން ކުޅުދުއްފުށީ ފުލުހުންގެ ވެހިކަލްތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލައިފި

ފައިސާ ނުދައްކައިގެން ކުޅުދުއްފުށީގައި ދުއްވާ ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ދޫކުރުން އެތުމާއިން ހުއްޓާލައިފި އެވެ.

ބައެއް އޮންލައިން މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެތުމާއިން ފުލުހުންނަށް ތެޔޮ ދޫކުރުން ހުއްޓާލިތާ ދެ ދުވަސް ވެއްޖެ އެވެ. ފުލުހުންނަށް ޕެޓްރޯލު ދޫކުރުން ހުއްޓާލީ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށް އެކަން ކާމިޔާބު ނުވުމުންކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

ފުލުހުންގެ ވެހިކަލުތަކަށް ޕެޓްރޯލު ވިއްކުން ހުއްޓާލުމުން ރަށުތެރެ ޕެޓިރޯލުކުރާ އަދަދު ވަރަށް ބޮޑުތަނުން ވަނީ މަޑުޖެހިފައި ކަމަށާއި، އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ރަށުތެރެ ޕެޓިރޯލުނުކުރެވި ފުލުހުންނަށް ދަނީ  ދަތިތަކާ ކުރިމަތިވަމުން ކަމަށް ވެސް ރިޕޯތުތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރިޕޯޓު ތަކުގައި ބުނެފައި ވަނީ  އެތުމާއަށް ފުލުހުން 5 ލައްކައަށްވުރެ ގިނަ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެތުމާއަކީ ކުޅުދުއްފުށީގައި ތެޔޮ ވިއްކާ ހަމައެކަނި ކުންފުންޏެވެ.

މި ކަމާއިގުޅިގެން މީޑިއާ ތަކުން ސުވާލު ކުރުމުން އަދި ވަނީ ފުލުހުންގެ ޖަވާބެއް ލިބޭގޮތް ނުވެފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *