logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

އަމީނީ މަގުގައި ތާރުއަޅަން ރޭ ފެށި މަސައްކަތް ނިންމާލައިފި

އަމީނީ މަގުގައި ރޭ އެމްޓީސީސީ އިން ފަށާފައިވާ ތާރު އެކުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމާލައިފިއެވެ.

އެމްޓީސީސީއިން އަމީނީ މަގުގައި ތާރު އަޅަން ފެށީ ރޭ 8:15 ކަންހާއިރު އެވެ. ތާރު އަޅަން ރޭ ފަށައި މިއަދު ހެނދުނު ނިންމާލާފައި ވަނީ އަމީނީ މަގު ސްޓެލްކޯ ސަރަހައްދުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކުރި އާރްޑީސީއިން ބުނެފައިވާނީ އަމީނީ މަގުގެ ވަކި ބައެއްގައި ތާރު އެޅުމުގެ މަސައްކަތް އެކުންފުނިން އެމްޓީސީސީއާ ހަވާލުކުރީ، ތާރު މެޝިނު ބަހައްޓާނެ ބިމެއް އާރްޑީސީއަށް އަދި ހަމަޖެހިފައި ނުވާތީ އެވެ.

މާލޭގެ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ދިގުލައިގެން ގޮސްފައި ވަނިކޮށް އެމަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިހަފުތާތެރޭގައެވެ. އެމްޓިސީސީއާ އެމަަސައްކަތް ހަވާލުކުރީ މިހާރު އާރްޑީސީ އިން ޕޭވިން ގެ މަސައްކަތް ނިންމާފައިވާ ސަރަހައްދުގައި ތާރު އެޅުމަށެވެ. އަމީނީ މަގު ހަދަން ސަރުކާރުން އާރްޑީސީއާ ހަވާލުކުރީ ހަތް މަސް ދުވަސް ތެރޭ ނިންމާގޮތަށް މިދިޔަ އަހަރުގެ ޖުލައިގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *