logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024
ރައީސް އޮފީސް

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުން މާދަމާރޭ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި ފަރާތްތަކުގެ ތެރެއިން މިއަހަރު އިނާމު ދިނުމަށް ކަނޑައެޅި ފަރާތްތަކަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ 8:30 ގައި، ދަރުބާރުގޭގައި ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ދިގު މުއްދަތެއްގައި ދައުލަަތަށް ހިދުމަތް ކުރި ފަރާތްތަކަށް އިނާމު ދޭން މާދަމާރޭ ބާއްވާ ޖަލްސާގައި 86 ބޭފުޅަކަށް އިނާމުދޭނެއެވެ. އިނާމުގެ ގޮތުގައި ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު 113  ނަން ހުށަހަޅާފައިވާކަމަށް ރައީސް އޮފިހުން ބުންޏެވެ. އިނާމަށް ލިބޭ މީހުން ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހަލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން 2021 ވަނައަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *