logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ސްޓޫޑެންޓް ލޯނުގެ 720 ފުރުސަތު ހުޅުވާލައިފި

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމުގެ 720 ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓޫޑަންލް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލެއްވުމަށްފަހު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ލޯނުގެ ފުރުސަތުތައް ހުޅުވާލާފައިވަނީ އިދާރީ ފީގެ ގޮތުގައި %1 ނަގާ ގޮތަށެވެ. ލޯނަށް އަނބުރާ ދައްކަން ޖެހޭ ޖުމްލަ އަދަދު ދަރިވަރުންނަށް އެނގޭނެ ކަމަށާއި، އަދި އެ އަދަދު ބަދަލެއް ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށާއި، އަދި ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެ މީހުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހިލޭ ޑިގްރީ ސްކީމުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެ މީހުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓަރު އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ޑިމާންޑް އެންމެ ބޮޑު ދާއިރާތަކަށް ޖާގަ އިތުރުކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ, ޕައިލެޓް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް 60 ފުރުސަތު ހުޅުވާލާފައިވާނޭ ކަމަށާއި،  މިދިޔަ އަހަރު ހުޅުވާލީ 10 ފުރުސަތުކަމަށެވެ. އަދި ރާއްޖެއިން ބޭރުން އެމްބީބީއެސް ހަދަން  55 ފުރުސަތު ހުޅުވާލާފައިވާއިރު، މިދިޔަ އަހަރު ހުޅުވާލީ 25 ފުރުސަތުކަމަށް ވެސް މިނިސްޓަރު ވިދާޅުވީއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުން މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 20 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި، މިދިޔަ އަހަރު ހުޅުވާލީ 10 ފުރުސަތު ކަމަށެވެ. އަދި ޕީއެޗްޑީ ހެދުމަށް 15 ފުރުސަތު ހުޅުވާލާފައިވާނޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 
"މި އަހަރުގެ ސްކީމަށް ހާއްސަވާ އަނެއް ސަބަބަކީ، މިދިޔަ އަހަރު ފުރަތަމަ ޑިގްރީ ކިޔަވަން ދިޔަ ދަރިވަރުންނަށް ލޯނަށް އެޕްލައި ކުރިއިރު، އެޕްލައި ކުރެވުނީ ވަކި ދާއިރާތަކަކުން އެކަނި. އެހެން ނަމަވެސް، މި އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރަކު އިތުރު އެހީ ބޭނުންވާ ނަމަ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލޯނަށް ކުރިމަތިލުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ކުރިއަށްގެންދާނެ އެވެ. މި ސެޝަންތައް ފޭސްބުކް އިން ލައިވް ކުރާނެކަން ފާހަގަކުރައްވައި ހުރިހާ ދަރިވަރުން ވެސް އެ ސެޝަންތަކުން މައުލޫމާތު ހޯދައި އޭގައި ދޭ އިރުޝާދާ އެއްގޮތަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓަރު ވަނީ  އިލްތިމާސްކުރައްވާފައެވެ.

ލޯނަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 15ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށެވެ. އަދި އަންނަ މަހުގެ އެކެއްގެ ކުރިން ފޯމު ހުށަހަޅާ ހުރިހާ ދަރިވަރުންގެ ފޯމުތައް ބެލުމަށް ފަހު، މައްސަލައެއް އުޅޭ ނަމަ، މުއްދަތު ހަމަވުމުގެ ކުރިން، ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެކަން އަންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *