logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024

ބޭނުންވަނީ ކޭޝިއަރެއް ނުހުންނަ ފިހާރައެއްނޫން، ބޭނުންވަނީ ވަޒީފާގެ ފުރުސަތު!

ކޭޝިއަރެއް އަދި އެއްވެސް މުވައްޒަފެއްނެތް ފިހާއައެއް އެސްޓީއޯއިން ހުޅުވަން ތައްޔާރުވަމުން އަންނަކަމަށް އިއުލާންކުރުމާއެކު ޓެކްނޮލޮޖީގެ ރޮނގުން އެކުންފުނި ކުރިއަރަމުން އަންނަ މިންވަރު ހާމަވެއެވެ. މިއީ މިގޮތަށް ރާއްޖޭގައި ހުޅުވޭ ފުރަތަމަ ފިހާރައެވެ. ނަމަވެސް ދައްކަން މިއުޅެނީ ޓެކްނޮލޮޖީގެ ގޮތުން އެކުންފުނި ކުރިއަރާ ވާހަކައެއް ނޫނެވެ. އެންމެ އާދައިގެ މީހާއާވެސް ގުޅޭ ވަޒީފާގެ ފުރުޞަތުގެ ވާހަކައެވެ. ސުވާލަކީ އެއްވެސް މުވައްޒަފެއްނެތި ހިންގާ ފިހާރައެއް އެސްޓީއޯއަށް ކޮންމެހެން ބޭނުންހެއްޔެވެ.

ސަރުކާރުގެ ސިޔާސަތަކީ ވީހާވެސްގިނަ ވަޒީފާގެ ފުރުޞަތުތައް ހޯދައި ވީހާވެސް ގިނަ ޒުވާނުންނަށް އެ ފުރުޞަތުތައް ހޯދައިދިނުމެވެ. މިކަން އެންމެ ބޮޑަށް ތަންފީޒު ކުރެވޭނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ވީއިރު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ބަދަލުގައި އަމިއްލަ އެޖެންޑާއެއްގެ ދަށުން ކަންކަން ކުރަމުންދާތީ އެސްޓީއޯއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މިކަމަކީ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ނަމަ އަމިއްލަ ވިޔަފާރިވެރިން މިކަން ނުކުރަނީ ކީއްވެހެއްޔެވެ.

މިއީ ދިވެހިންނަށް އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. ނަމަވެސް ދިވެހި ޒުވާނުންނަށް ބޭނުންވަނީ ވަޒީފާއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *