logo minivan

English

ބުދަ, 23 އޮކްޓޯބަރ 2024
ރަޝިޔާ ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އިމާރާތްތަކެއް ސުންނާފަތިވެފައި ފޮޓޯ: ރޮއިޓާސް

ރަޝިޔާއިން އަނެއްކާވެސް ޔޫކްރެއިނަށް މިސައިލް ހަމަލާއެއް ދީފި

ރަޝިޔާއިން ޔޫކްރެއިންގެ އެކި ހިސާބުތަކަށް މިސައިލް ހަމަލާތަކެއްދީފައެވެ.

ޔޫކްރެއިންގެ އޮފިޝަލުން ވިދާޅުވީ "ބްލެކް ސީ" ގައި އޮތް ރަޝިޔާގެ ބޯޓަކުން ކަލިބްރު މިސައިލްތަކެއް ޔޫކްރެއިނަށް އަމާޒުކޮށް ފޮނުވާފައިވާ ކަމަށެވެ. ރަޝިޔާއިން ފޮނުވި މިސައިލްތަކުގެ ތެރެއިން 16 މިސައިލެއް ޔޫކްރެންގެ ސިފައިން ވަނީ ހުއްޓުވާފައެވެ.

ނަމަވެސް ނުހުއްޓުވުނު މިސައިލްތައް ވަނީ ޔޫކްރެއިންގެ އުތުރާއި ހުޅަނގުގެ އިތުރުން މެދު ތެރޭގެ ސަރަހައްދުތައް ކަމަށްވާ ޑިނިޕްރޮޕެޓްރޯވްސްކް އާއި ކިރޯވޯގްރާޑަށް ވެއްޓިފައެވެ. ރަޝިޔާއިން ހަމަލާދީފައި މިވަނީ ހުޅަނގުގެ ބައިވެރިން ޔޫކްރެއިންގެ އަސްކަރިއްޔާއަށް ދޭ އަސްކަރީ އެހީތެރިކަން އިތުރުކުރުމަށް ވައުދުވެފައިވާ ދަނޑިވަޅެއްގައެވެ.

"ދުޝްމިނުންގެ ހަމަލާތައް އިރުމަތީ ފަރާތުގައި ކުރިއަށް އެބަދޭ، (24 ގަޑިއިރު) ހަމަލާތައް ދީގެން" ޔޫކްރެއިންގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަންނާ މާލްޔާރު ވިދާޅުވިއެވެ.

ހާލަތު އޮތީ ނުތަނަވަސްކޮށް. އެކަމަކު އަހަރުމެންގެ ހަނގުރާމަވެރިން، ދުޝްމަނުންނަށް އެމީހުންގެ މަގްސަދުތައް ހާސިލުކުރުމުގެ ފުރުސަތު ނުދީ، އެމީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ދެމުން މިގެންދަނީ" ޓެލެގްރާމްގައި ލިޔުއްވި މެސެޖެއްގައި ހަންނާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ފޮނުވި މިސައިލްތައް އަމާޒުވީ އިމާރާތްތަކަށް ކަމަށެވެ.

ހުޅަނގުގެ ސިޓީއެއްގެ ސަރަހައްދަށް ފޮނުވި މިސައިލްގެ ސަބަބުން އަލިފާން ރޯވިއެވެ. އަލިފާންގަނޑު ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ބުދަ ދުވަހު ބުނީ އެ ސަރަހައްދުގައި ރަޝިޔާއިން ހިންގި އޮޕަރޭޝަންތަކަށް ފަހު ޔޫކްރެއިން ސިފައިން ސަރަހައްދުން ފަހަތަށް ޖެހިފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގެ ޕޮކްރޮވްސްކް އަވަށަށް ރަޝިޔާއިން ދިން ހަމަލާއެއްގައި ތިން މީހުން މަރުވެ 11 މީހުން ޒަހަމްވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *