ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ބަދަލު ކުރި ޏ ފުވައްމުލަކުގެ ގާޒީއެއް ސަސްޕެންޑު ކޮއްފިއެވެ.
ސަސްޕެންޑް ކޮށްފައިވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒް އަހްމަދު އަކްރަމް އެވެ.
އަކްރަމް ސަސްޕެންޑް ކޮއަފައިވަނީ އޭނާ ބެއްލެވި މައްސަލައެއްގެ ރިޕޯޓު ގައި އިތުރު ވާހަކަ ތަކެއް ހިމަނާފައިވާ ކަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ސާބިތުވެފައި ވާތީ ހަތް ދުވަހުގެ މުއްދަތަށެވެ.
މީގެ އިތުރުން ޖޭއެސްސީ އިން މިއަދު ވަނީ ކުރިން ފެމިލީ ކޯޓުގެ ގާޒީ އަދި މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒް ހަސަން ސައީދު ވެސް 14 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.
ޖޭއެސްސީގެ 15 ވަނަ ޖަލްސާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ މުސާރައާއި އިނާޔަތް ލިބޭގޮތަށެވެ. ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރީ އޭނާ ފެމިލީ ކޯޓުގައި އިސް ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ފެމިލީ ކޯޓަށް ހުށައެޅޭ ކައިވެނިތައް ކޮށްދިނުމާ މެދު ގޮތް ނިންމުމުގެ ގާނޫނީ ހައިސިއްޔަތު އޮންނަ ފަރާތަކީ އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ކަމަށްވާއިރު، ހަސަން ސައީދު ރަޖިސްޓްރާއަށް ލަފާދެއްވާފައިވާތީ ފެމިލީ ކޯޓުގައި އަމަލުކުރަން އޮންނަ އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިނުުމަށް މަގުފަހިވެފައިވާކަން ޖޭއެސްސީންއަށް ސާބިތުވާތީއެވެ.