logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
ނަރުހުންގެ އެސޯސިއޭޝަން --- ފޮޓޯ: ސޯޝަލް މީޑިއާ

ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ބެހޭ ފޯރަމެއް ބާއްވަނީ

އާންމުސިއްހަތާއި ނަފްސަނީ، އަދި ޖިސްމާޖީ ދުޅަހެޔޮކަމާއި ބެހޭ ގޮތުން ކަމުގެ މާހިރުން މައުލޫމާތުދޭ  ފޯރަމެއް ބާއްވަން ދިވެހި ނަރުހުންގެ ޖަމިއްޔާއިން ތައްޔާރު ވެއްޖެ އެވެ.

ޔޫތު މިނިސްޓްރީއާ، ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ބާއްވާ އެ ފޯރަމް ގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރާ 35 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް އޮންނާނެއެވެ. އެ ފޯރަމް ގައި ބައިވެރިވާން ނަން ނޯޓް ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ނަރުހުންގެ ޖަމިއްޔާއިން ބުނި ގޮތުގައި "ހެލްތު އެންޑް ވެލްބީން ފޯރަމް 2023″ގެ ނަމުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އެ ފޯރަމް ގައި ކަމާބެހޭ ތަޖުރިބާކާރުން ބައިވެ، މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ފޯރަމްގެ މައުޟޫތަކާއި ގުޅޭ ގޮތުން ބައިވެރިންގެ ހިޔާލު ބަދަލު ކުރުމާއި މަޝްވަރާކުރުން އޮންނާނެއެވެ. މި ފޯރަމްގައި ވާހަކަ ދައްކާނެ ބައެއް މައުޟޫތަކުގެ ތެރޭގައި ، ބާރުވެރިކުރުވުން، އުމުރުން ދުވަސްވުމާއި ސިއްހަތަށް އަންނަބަދަލު، ދަރިމައި ވުމުގެ ސިއްހަތު، ގައިން ގަޔަށް ނާރާ ބަލިތައް، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން، ބޭނުންޖެހޭ ވަގުތު އެހީތެރިކަން ހޯދާނެ ގޮތް ހިމެނެއެވެ.

ފޯރަމް ކުރިއަށް ގެންދާނީ، މާޗްމަހުގެ ހަތަރު ވަނަ ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ، ޔޫތު މިނިސްޓްރީ ހިންގާ އިމާރާތް ، ހ. ބޯޅަޖެހިގޭގައެވެ.

ފޯރަމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮންލައިންކޮށް ފޯމް ފުރޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. ނަރުހުންގެ ޖަމިއްޔާއާއި ޔޫތު މިނިސްޓްރީގެ ސޯޝަލް މީޑިއާ ހޭންޑުލްތަކުން އާއްމުކޮށްފައިވާ ލިންކަށް ވަދެގެން  ނުވަތަ ކިއުއާރްކޯޑް ސްކޭންކޮށްގެން ވެސް އެ ފޯމް ފުރޭނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ