logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ކިންގް ސަލްމާން މިސްކިތުގެ ގޯތިތެރޭގައި ހުރި ކަދުރުރުއްތަކެއް. ފޮޓޯ: ޝަހްޒާ މުޙައްމަދު/މިނިވަން

ޑރ.ހަސަން ހަމީދު ވިދާޅުވަނީ ރާއްޖޭގެ ރުއްތަކުން ވެސް ފޮނިކަދުރު ލިބޭނެކަމަށް!

"ތިޔަ ހެދުނަކަސް ތިއަކު ކަދުރެއް ނާންނާނެ، އަޔަސް ފޮންޏެއް ނުވާނެ،" ރާއްޖޭގެ ރަށެއްގައި ކަދުރު ރުކެއް ހައްދަން އުޅޭ ނަމަ އިހުގައި މީހުން ކިޔާނީ  މިހެންނެވެ. ކަދުރު ނޫނަސް އެމޭރުމުން ވާހަކަ ދެކެވޭ ބައެއް ބާވަތްތައް ހުރެ އެވެ. އެކަމަކު އެފަދަ ބައެއް ބާވަތްތައް މިހާރު ކާމިޔާބުކަމާ އެކު ހައްދައި، އެއިން މޭވާ ވެސް ލިބެ އެވެ.

ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަަސަން ހަމީދަކީ މިފަދަ ކަންކަމާ މެދު ފިކުރުކުރައްވައި ރަނގަޅު ޚިޔާލުތަކާއި އިލްމީ ދިރާސާތައް ހިއްސާކުރައްވާ ބޭފުޅެކެވެ. ރޯދަ މަސް ކައިރިވެފައި އޮއްވާ އޭނާ މިފަހަރު ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވީ ރާއްޖޭގައި ހެދިފައި ހުރި ކަދުރު ރުއްތަކުން ވެސް ފޮނި ކަދުރު ހޯދޭނެ ގޮތުގެ މައުލޫމާތު ކޮޅެކެވެ.

ޓްވިޓާއަށް މިއަދު ދޫކޮށްލެއްވި މައުލޫމާތު ކޮޅާ އެކު އޭނާ ވިދާޅުވީ "ދިވެހިރާއްޖޭގައި މީރު ކަދުރު ނާޅަނީ، އެކަން ކުރަންވާ ގޮތަށް މީހުން ހޭލުންތެރި ނުވުމުން" ކަމަށެވެ. ކަދުރަކީ އޭނާ ވިދާޅުވި ގޮތުގައި އަން ރުކާއި ފިރިހެން ރުއް ހުންނަ ބާވަތެކެވެ. ކުރަން ޖެހޭ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ކަދުރު ރުއްތައް ފޯދުމުން އެ ދެބާވަތް ދެނެގަނެ، ފިރިހެން ރުކުގެ މަލުގެ ކަރުދާ ހިއްކައި، އެ ފެނަށް އަޅައިގެން، އަންހެން ރުކުގެ މާތަކަށް ވިއްސުމެވެ.

ގުދުރަތީ ގޮތުން ނުވަތަ އިންސާނުން މެދުވެރިވެގެން ވެސް އެ މަރުހަލާ ފުރިހަމަ ނުވެ އަޅާ ކަދުރަށް ވާނެ ގޮތް ވެސް ޓްވީޓްގައި ޑރ. ހަސަން ވިދާޅުވެ ދެއްވި އެވެ.

"[މާ] ޖޯޑުނުކޮށް ގަންނަ ކަދުރަކު އޮށެއް ނުހުންނާނެ އެވެ. އަދި ކުޑަވާނެ އެވެ. މިފަދަ ކަދުރު މީހުން ބޭނުންކުރަނީ ރިހަކެއްކުމަށާއި ގެރި ބަކަރިއަށް ކާންދިނުމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ