logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރެއް އަޅާނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރެއް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދަން ހައުސިންްގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފިއެވެ.

އެޗްޑީސީ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ވާ ގޮތުން، އެ ސެންޓަރު އަޅަން އެއް ފަރާތަށް ވުރެ ގނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ ބޮޑަށް އިސްކަމެއް ދެވޭނީ އެޗްޑީސީއިން ކުރިއަށް ގެންދާ އެޗްޑީސީގެ ވިޝަން ސްޓްރެޓެޖިކް އޮބްޖެކްޓިވްސް އާއި މާސްޓަރޕްލޭން އަށް އެންމެ އެކަށީގެންވާ ހުށަހެޅުމަށް ކަމަށް ވެސް އެ އިއުލާނުަގައި ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި ކޮމިއުނިޓީ ސެންޓަރެއް އެޅުމުގެ މަޝްރޫއަކީ އެ ސެންޓަރުގެ މަސައްކަތް ކުރާ ފަރާތުން ކޮމިއުނިޓީ ސެންޓަރު ހިންގާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫ އެކެވެ.

އެ މަަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ މާޗް މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑޮކިއުމަންޓް ސެޓް ހުށަހަޅަންވާނީ ރަނގަޅަށް ފުރިހަމަކޮށް 'އިންވެސްޓްމަންޓް ގައިޑްލައިން' ގެ 'ސްޓޭޖް 1 ސަބްމިޝަން އޮފް އެކްސްޕްރެސް އޮފް އިންޓަރެސްޓް' ގައި ކަނޑައެޅިފައިވާ ފޯމެޓާއި އެއްގޮތުގެ މަތިން ކަމަށެވެ. އަދި އިންވެސްޓްމަންޓް ގައިޑްލައިން އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް  ވެސް އެ އިއުލާނުގައި ބުންޏެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *