logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ވަޅިހެރިކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގެ ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތަށް ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނުގައި ހުރި ފިހާރައަކަށް ވަދެ 30 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ވަޅިހެރި މައްސަލައިގަ މީހަކު ހައްޔަރުކޮށްފި

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މި މާރާމާރީއަކީ މާލޭގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގާ މާރާމާރީ ތަކެއް ކަމަށެވެ. މި މާރާމާރީތަކުގައި ހަތަރު ގްރޫޕަކުން ބައިވެރިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމުރުން 30 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އެ މީހާ މާފަންނު "ކްރާސާ" ފިހާރައެއްގެ ތެރޭގައި ހުއްޓަ އެވެ.

އޭނާގެ ހަށިގަނޑުގެ އެތަށް ތަނަކަށް ވަޅި ހަރާފައިވެއެވެ. އިއްޔެ އައިޖީއެމްއެޗް އިން ބުނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *