logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކުޑަގިރިއަށް ދަތުރުދާން ދެން ބުކިން ހަދާކަށް ނުޖެހޭނެ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ހާއްސަކޮށްގެ ތަރައްގީ ކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް އަށް ދަތުރު ދިއުމަށް ދެން ބުކިން ހައްދަށް ނުޖެހޭނެ ކަމަށް ކުޑަގިރިން ބުނެފިއެވެ.

އިއްޔެ ކުޑަގިރި ޕިކްނިކް އައިލެންޑްގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓުވިޓެއްގައި ބުނީ އެރަށު ފެރީ ޝެޑިއުލް މިހާރު ބަދަލުވެފައިވާ ކަމަށާއި އަދި އެބަދަލުތަކުގެ ސަބަބުން ދެން އެރަށަށް ދަތުރު ދިއުމަށް ބުކިން ހައްދަން ނުޖެހޭނެ ކަމަށެވެ.

އަންނަ ތަރުތީބުން ފުރުސަތުލިބޭނެ ކަމަށް ބުނެފައިވާއިރު އެރަށުގެ ފެރީ ޝެޑިއުލް އަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިހާރު މާލެއިންނާއި އަދި ހުޅުމާލެއިން އެރަށަށް ހެނދުނު 06:30، 07:00، 08:00 އަދި މީގެ އިތުރުން މެދުރުފަހު 14:00 ގައިވެސް ފެރީ އޮންނާނެއެބެވެ.

އަދި ކުޑަގިރިން މާލެ/ހުޅުމާލެ އައުމަށް މިހާރު ފެރީގެ ގަޑިތަކަކީ މެނދުރުފަހު 14:00، 16:30، 17:30 އަދި ރޭގަނޑު 19:00 އެވެ.

މިބަދަލު ތަކާއެކު ކުޑަގިރި އަށް ދަތުރުދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *