logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ތުރުކީއަށް ރާއްޖޭން ފޮނުވާ މަސްދަޅުތަކުގެ ބައެއް ޓާކިޝް އެއާލައިންގެ މަތިންދާބޯޓަކަށް އަރުވަނީ

ތުރުކީއަށް ރާއްޖޭން ދޭ 1 މިލިޔަން މަސްދަޅުގެ ތެރެއިން 500،000 ދަޅު ގެންދަން ފަށައިފި

ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުިކީއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުމުން ރާއްޖޭން އެގައުމަށް ދޭން ވައުދުވި  އެއް މިިލިޔަން މަސްދަށުގެ ތެރެއިން 500،000 މަސްދަޅު (ފަސް ލައްކަ މަސްދަޅު) އެގައުމަށް ގެންދިއުމަށް ޓަކައި ޓާކިޝް އެއާލައިނާ ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީއަށް ގެންދާ ފަސް ލައްކަ މަސްދަޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ގެންގޮސްފައިވާ ކަމަށާއި އެއާޕޯޓުން މަސްދަޅުތަކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި ރާއްޖޭގައި ހުންނަ ތުރުކީގެ އޮނަރަރީ ކޮންސިއުލޭޓްގެ އޮފިޝަލުން ކަމަށެވެ. އެ ބޭފުޅުންނާ މަސްދަޅުތައް ރަސްމީކޮށް ހަވާލުކުރެއްވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ހަވާލުކުރި ފަސް ލައްކަ މަސްދަޅު، ޓާކިޝް އެއާލައިނުން ގެންދާނީ ފަސް ދަތުރަކަށް ބަހާލައިގެންނެވެ. އެކަން ނިމޭނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.

ތުރުކީއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން އެއް މިލިޔަން މަސްދަޅު ހަދިޔާކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހު އެވެ.

ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ދެ ބިންހެލުމާއި އެ ދެ ބިންހެލުމާ ގުޅިގެން އޭގެ ފަހުން އައި ލޮޅުންތަކުގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ