logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

300 އާއިލާއަކަށް އެހީވާން މޮމްސް އެއިޑް ޖަމިއްޔާއިން ހުޅުވާލަިފި

ފުދުންތެރިކަން ކުޑަ 300 އާއިލާއަކަށް އެހީވާން މޮމްސް އެއިޑް ޖަމިއްޔާއިން އިން ހުޅުވާލަިފިއެވެ.

މޮމްސް ޖަމިއްޔާއިން ބުނީ، ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް މަމްސް އެއިޑްގެ 'ކެއާ ލިސްޓު' ގައި ރަޖިސްޓްރީ ކޮށްފައިވާ ނިކަމެތި އާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ "ރަމަޟާން އެއިޑް" ކެމްޕެއިން ފަށާފައިވާ ކަމަށެވެ.

300 އަށްވުރެ ގިނަ އާއިލާ މި އަހަރު ވެސް ވަނީ މޮމްސް އެއިޑްގެ ކެއާ ލިސްޓްގައި ރަޖިސްޓްރީކޮށްފައެވެ. އެ އާއިލާތަކުގެ ތެރޭގައި 'ކެއާ ލިސްޓު' ގައި ރަޖިސްޓްރީ ކޮށްފައިވަނީ އެކަނިވެރި މައިންނާއި ބަފައިން، ޔަތީމު ކުދިނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. އަދި މީގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުން ވެސް ތިބޭ އާއިލާތަކުންނެވެ.

އެހީ ދިނުމުގެ ކެއާ ޕެކޭޖްތައް ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ

  • ތިން ދުވަހުގެ ރޯދަ ވީއްލުން – 300ރުފިޔާ
  • 5 ދުވަހުގެ ރޯދަ ވީއްލުން – 500 ރުފިޔާ
  • ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް – 1،000ރުފިޔާ
  • ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް – 1،500ރުފިޔާ

ރޯދަ މަހު އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރަން ޖެހެނީ މަމްސް އެއިޑްގެ ރުފިޔާ އެކައުންޓް 7730000294482 އަދި ޑޮލަރު އެކައުންޓު 7730000294483 އަށެވެ.

މޮމްސް ޖަމިއްޔާއިން ބުނީ އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ފައިސާ ޓްރާންސްޕާ ކުރެވޭނެ ކަމަށެވެ.

ނިކަމެތި އާއިލާތަށް ކުރިއެރުމަށް މަސައްކަތް ކުރާ 'މޮމްސް' ޖަމިއްޔާއިން މީގެ ކުރިން ވެސް ވަނީ މި ފަދަ ގިނަ ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެކަނި އުޅޭ ނިކަމެތި ތިން އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައިދީ އެމީހުންނަށް ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތް ހަމަޖައްސައި ދީފައިވެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ