logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭން ކޮމަން ވެލްތުގެ އުސޫލުތައް ދަމަހައްޓާނެ: ރައީސް

ކޮމަންވެލްތުގެ އުސޫލުތައް ރާއްޖޭން ދަމަހައްޓާނެ ކަމަށާއި ދެމެހެއްޓެނި ސުލްހައަށް ރާއްޖޭން މަސައްކަތްކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކޮމަންވެލްތު ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ކޮމަންވެލްތާ އެކު ރާއްޖޭން ހިއްސާކުރާ އަގުތަކާއި އުސޫލުތައް ރާއްޖޭން ދަމަހައްޓާނެ ކަމަށެވެ. ކޮމަންވެލްތު ދުވަހުގެ މުނާސަބާގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ އަށާއި ކޮމަންވެލްތުގެ ސެކްރެޓޭރިއަޓަށާއި ކޮމަންވެލްތު ގައުމުތަކުގެ ސަރުކާރުތަކަށް އެމަނިކުފާނު ތަހުނިޔާ ވިދާޅުވި އެވެ.

"ހިއްސާކުރާ އުސޫލުތައް ދިވެހިރާއްޖޭން ދަމަހައްޓާނެ. އަދި ދެމެހެއްޓެނިވި، ސުލްހަވެރި މުސްތަގުބަލަކަށް ކުރާ މަސައްކަތުގައި ބައިވެރިވާނެ،" ޓްވީޓްގައި ރައީސް ވިދާޅުވި އެވެ.

ކޮމަންވެލްތު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ ދެވަނަ ހޯމަ ދުވަހެވެ. ކޮމަންވެލްތަކީ އިނގިރޭސީން އިސްތިއުމާރުކުރުމަށް ފަހު މިނިވަންވެފައިވާ ގައުމުތަކުގެ ޖަމިއްޔާ އެކެވެ. ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެ އެ ޖަމާއަތުން ވަކިވި އެވެ. އޭގެ ފަހުން ރާއްޖޭން އެޖަމާއަތުގައި އަލުން ބައިވެރިީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު މި ސަރުކާރުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ