logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރައީސްގެ ގާޑުންގެ ކޮމާންޑަރު ސަސްޕެންޑްކޮށްފި

އިދިކޮޅުން ރޭ ކުރި މުޒާހަރާގައި ބައިވެރިވި ބަޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި މައްސަލާގައި ރައީސްގެ ގާޑުންގެ ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ އިބްރާހީމް ސަސްޕެންޑްކޮށްފި އެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ ކާނަލް އަބްދުﷲ އިބްރާހީމްގެ ބަދަލުގައި ޕްރެސިޑެންޝަލް ގާޑް ވަގުތީ ގޮތުން ހިންގެވުން މޭޖާ އިބްރާހީމް ހަލީމާ ހަވާލުކުރައްވާފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނި ގޮތުގައި ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސް އެޅުމާ ގުޅިގެން ހިނގައި ދިޔަ ކަންކަން ބަލަން އެމްއެންޑީއެފުން މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

"…މި ކޮމިޓީ އަކީ ގައުމީ ދިދާއި ބާރުގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމުޓީ އެކެވެ. މި މައްސަލައާ ގުޅިގެން މިހާރު ވަނީ މިފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރެޒިޑެންޝަލް ގާޑްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް، މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އެކަހެރިކޮށްފަ އެވެ،" އެމްއެެންޑީއެފްގެ ބަޔާނުގައި ބުންޏެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް މިހާރު ވަނީ ބަލަން ފަށައިފަ އެވެ. އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެމްބަރުން ވިދާޅުވީ އެ ކަމުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި، އެކަމުގައި 15 މިނެޓް ހޭދަވި އިރު ފުލުހުންނަށް އެ މަގު ކްލިއާ ނުކުރެވުނު ކަމުގެ ކަންބޮޑުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވީ ރައީސްގެ މޮޓޯކޭޑް އެތަނުގައި އެތައް އިރެއް ވަންދެން މަޑުކުރުމަށް ފަހު އަނބުރާލާފައި ދިޔަ އިރު އެތަނުގައި އެހާ ގިނަ ބަޔަކު އެއްވެފައި ނެތް ކަމަށެވެ.

ރައީސްގެ މޮޓޯކޭޑް ހުއްޓުވި ހާދިސާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް!

"އެތަނުގައި މާބޮޑު ކްރައުޑެއް ނުވަތަ މުޅިރާއްޖޭ ރައްޔިތުން އެއްވެފައި އޮތް ތަނެއް ނޫން އެއީ. އެ މަގު ކްލިއާ ނުކުރެވި ރައީސުލް ޖުމްހޫރިއްޔާގެ މޮޓޯކޭޑް އެތާ 15 ވަރަކަށް މިނެޓް މަޑުކޮށްފައި، އަނބުރާލާފައި އައި މަގުން ވަޑައިގަތް ގަތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑުމެން ސީރިއަސްކޮށް ބަަލަން ޖެހޭ ކަމެއް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުގައި އެވަގުތު ކްލިއާ ނުކުރެވޭ ވަރުގެ މުޒާހަރާއެއް ހިންގިދާނެކަމަށް ގަބޫލުނުކުރައްވާ ކަމަށާއި މުޒާހަރާ ކުރަމުން ދާއިރު ވެސް އެ ސަރަހައްދުގައި ޓްރެފިކް ފްލޯ އޮންނަ ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *