logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

ރާއްޖޭން ދެކެނީ ފައިނޭންޝަލް ކްރައިސިސްއެއް ނާންނާނެ ކަމަށް

އެމެރިކާއާއި ޔޫރަޕްގެ ބައެއް ބޭންކްތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ އެކުގައި ވެސް 2008 ވަނަ އަހަރު ދުނިޔެއަށް ދިމާވި ފަދަ މާލީ ކާރިސާއެއް މިފދަހަރު ކުރިމަތިވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ފައިނޭންޝަލް ކްރައިސިސް އެއް ދިމާވުމަކީ ނާދިރު ކަމެއް ކަަމަށް ދެކެވަޑައިގަންނަވަނީ ދުނިޔޭގެ މާލީ ބާޒާރުތަކަށް ބަދަލުތަކެއް ގެނެސްފައި ވާތީ އެވެ. އެހެން ނަމަވެސް ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއިން އިންޓަރެސްޓް ރޭޓް މަތިކުރުމަކީ އަދިވެސް އެކަށީގެންވާ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ފައިނޭންޝަލް މާކެޓްތަކަށް ގެނެވިފައި ހުރި ބަދަލުތަކާ އެެއްކޮށް، 2008-2009 ގައި އެ ދިމާވި ފައިނޭންޝަލް ކްރައިިސިސް ކަހަލަ ކްރައިސިސްއެއް ދިމާވުމަކީ ވަރަށް ނާދިރުކަމެއް. އެކަމަކު އިންޓަރެސްޓް ރޭޓްސް އަދި ވެސް، މިހާރު ވެސް ޔޫއެސް އަދި ޔޫރަޕިއަން ގައުމުތަކުގެ އިންޓަރެސްޓް ރޭޓް މަތިވުމަކީ އެކަށީގެންވާ ކަމެއް،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަހަރަށް ދައުލަތުގެ ބަޖެޓް އެލުލަވައިލި އިރު ފައިސާ ހޯދާނެ ގޮތްތައް ކަނޑައެޅީ ދުނިޔޭގެ މާލީ ބާޒާރަށް ދިމާވެދާނެ މައްސަލަތަކަށް ވިސްނައިގެންނެވެ. އެ ބަޖެޓަށް ފައިސާ ހޯދަން ރާވާފައި ވާނީ މާލީ ބާޒާރުތަކުން ފައިސާ ހޯދާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންސެޝަނަލް ލޯން، ފަންޑިން އޭޖެންސީ ތަކުން އެހެން ނޫނިއްޔާ ޖީ ޓު ޖީ [އެއް ސަރުކާރުން އަނެއް ސަރުކާރަށް ދޫކުރާ ފައިސާ] މެދުވެރިކޮށް އެގޮތަށް ބަޖެޓަށް ފައިސާ ހޯދަން އަޅުގަނޑުމެން ވިސްނާފައި އޮންނާނީ،" އަމީރު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *