logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރޯދަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް 26 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަތުން ކުރިއަށް ގެންދާނެ އެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ  ދުވަހެއްގެ ހެނދުނު 10:00 އިން 13:00އަށެވެ.

ކައުންސިލްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 27ވަނަ  ދުވަހުގެ ނިޔަލަށެވެ.

ފިތުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް،  މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ،  ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތްދެއްކޭނެއެވެ. ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތްދެއްކޭނެއެވެ.

ރާއްޖެއިން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކާއި އަގުތައް

އާދައިގެ ހަނޑޫ- 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ- 84 ރުފިޔާ

ރަތް ހަނޑޫ- 99 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ) – 84 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު) -100 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) -125 ރުފިޔާ

އާދައިގެ ފުށް – 12 ރުފިޔާ

އާޓާ ފުށް – 75 ރުފިޔާ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ