ކ. ތިލަފުށިން އިތުރު 20 ހެކްޓަރުގެ ބިން ހިއްކަން އިއްޔެ ފަށައިފި އެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ނަމަކަށްކިޔާ ކުންފުންޏަކާ އެވެ.
ތިލަފުށި ފޭސް ދޭއްގެ 'އޭރިއާ ސީ' ގެ ގޮތުގައި މިބިން ހިއްކަން ފެށުމަކީ ތިލަފުށި ތަރައްގީކުރުމުގެ މާސްޓާޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެޗްޑީސީން ބުންޏެވެ.
Dredging and Reclamation works of Thilafushi Phase II, Area C consisting of 20 hectares by Capital Marine and Civil Construction Company Pvt Ltd has begun. Reclamation of Thilafushi is the first step in creating the momentum of Industrialization in Maldives. pic.twitter.com/6lDG7kNVcL
— HDC (@hdcmaldives) March 27, 2023
ސިނާއިަ މަސައްކަތް ކުރާ ތިލަފުށީގައި އަލަށް ހިއްކަން ފެށި ސަރަހައްދަށް ވެލިއެޅުމުގެ މަސައްކަތް މިހާރި ކުރިއަށްދާއިރު، އެޗްޑީސީއިން ބުނިގޮތުގައި ތިލަފުށީގެ މާސްޓާ ޕްލޭނުގައވާ ގޮތުން، ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލާނެއެވެ. ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށްފަހު އެތަނުން ދޫކުރަން ނިންމާފައިވާ 50 ބިން ވިއްކުމަށް އެޗްޑީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.