logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފްލެޓްގެ މަސައްކަތްކުރާ އިންޑިއާ ކުންފުންޏެއްގެ މުވައްޒަފުންގެ ޝަކުވާ އެޗްއާރްސީއެމުން ބަލަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ކުންފުންޏެއްގެ މުވައްޒަފުން ހަޅުތާލުކުރާތީ، އެ މުވައްޒަފުންގެ ޝަކުވާތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަޅުތާލުކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްއަށް މި ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ރޭގެ ވަގުތެއްގައި އެތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ޖޭއެމްސީ ކުންފުނީގެ ޝަކުވާތައް ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިންގ ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ޖޭ.އެމް.ސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަޅުތާލުކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްއަށް މި ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ވަނީ ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފައި. އަދި ބިދޭސީ މަސައްކަތްތެރިންގެ ހުރި ޝަކުވާތައް މި ކޮމިޝަނުންދަނީ ބަލަމުން،" އެޗްއާރްސީއެމުން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކުރީ އެމީހުންގެ މުސާރަ ނުދޭތީއާއި ކެއިން ބުއިމުގެ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ހަމައްސާފައި ނުވާތީ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި 2،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ޖޭއެމްސީއާ މިދިޔަ އަހަރު ހަވާލުކުރީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ