ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުރި ޓޫރިޒަަމް މިނިސްޓަރ ޑރ. މައުސޫމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ޝާރުތަކާ ނުލާ ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމަވައިފިއެވެ.
މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި މިނިސްޓަރު މައުސޫމް އަންމު ކުރެއްވި މެސެޖެއްގައި ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަކީ ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.
Yes, I endorse HEP Ibrahim Mohamed Solih @Ibusolih for the Second Term of Office, as the President of #Maldives. pic.twitter.com/99wR03nEMz
— Abdulla Mausoom (@Mausoom_Maus) April 1, 2023
ޑރ. މައުސޫމް ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާފައިމިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނިކޮށެވެ.
ޤާސިމްގެ މި ނިންމެވުނާއެކު ސަރުކާގަައި ތިބި ޖޭޕީގެ ބައެެެއް މެމްބަރުން ވަނީ ރައީސް ސޯލިހަށް ތާއީދުކޮށް ޕާޓީން ވަކިވެފައެވެ.