logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފުރިހަމަ ގާބިލުކަން ބޭނުންކުރުމަށް ޓަކައި ދޫކޮށްލަން ޖެހޭ ފަސް ކަމެއް!

ތާށިވެފައި ތިބޭ ވަޒީފާތަކާއި ގުޅުންތަކާއި އާދަތައް ދޫނުކުރަން އަހަރެމެން ތިބެމު އެވެ. އެކަންތައްތައް ދޫކޮށްލުމުން އެއަށްވުރެ ރަނގަޅު ކަންތައްތއް ހޯދުމުގެ މިނިވަންކަން ލިބޭނެކަން ގިނަ ފަހަރު އަހަރެމެންނަކަށް ނޭނގެއެވެ.

ތިމާގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރަން ބޭނުންނަމަ މި މަޅިތަކުން ސަލާމަތްވާން ޖެހެ އެވެ. އެކަމުގައި އަހަރެމެންގެ މި މުޖުތަމައާ މީގެ ދެތިން ހާސް އަހަރު ކުރިން އޮތް މުޖުތަމައުތަކާ މާބޮޑު ތަފާތުތަކެއް ނެތެވެ.

އެހެންނަމަވެސް މިހާރުގެ މީހުންގެ އަތުގައި ސްމާޓްފޯނުތަކާއި، ސްޕޯޓްސް ކާރުތަކާއި، އޭސީކޮށްފައިވާ ގެތަކާއި، ހޫނު މޫސުމުގައި އެކަކު އަނެކެއްގެ ގައިން ނުބައިވަސް ދުވިޔަނުދިނުމަށް ޑިއޯޑަރެންޓް ފަދަ ތަކެތި އެބަހުއްޓެވެ.

ވިހަ ގުޅުމެއްގައި ތާށިވާނީ ކައުންސެލިން އަށް ގޮސްފިނަމަ އެހެން މީހުންނަށް ހީވެދާނެ ގޮތަކާ މެދު ބިރުގަނެގެންނެވެ. ރަނގަޅު ވިޔަފާރިއެއް ނުފެށޭނީ ހަރަދުތައް ކުޑަކޮށް ފިރިހެން ކުދިންނާ އެކު ބޯޅަ ކުޅެން ދުވަސްކޮޅަކަށް ހުއްޓާލަން ޖެހޭނެތީ އެވެ. ތިބާގެ ހަގީގަތް ބުނުމުގެ ބަދަލުގައި ދުލުގައި ހިފަހައްޓައިގެން އަމިއްލަ ނަފްސަށް ހިޔާނާތްތެރިވެއެވެ. ނަމަވެސް މީހަކާ ހިޔާލުތަފާތުވުމަކީ ތިމާގެ ދިރިއުޅުން ހަލާކުވާނެ ކަމެއް ނޫނެވެ. ދެމީހެއް އެކަށްޗަކަށް އެއްބަސްނުވުމަކީ އާދައިގެ ކަމެކެވެ. އަދި އެންމެންނާ ނުގުޅުމަކީ ވެސް އާދައިގެ ކަމެކެވެ.
ތިބާގެ ކިބައިގައި ރަނގަޅު ޕޮޓެންޝަލްއެއް ހުރި ނަމަވެސް އެކަން ބޭނުން ކުރެވޭނީ އެހެން މީހުންނާ ހިޔާލުތަފާތުވާން ތައްޔާރަށް ހުރެގެންނެވެ. އަދި އަބަދުވެސް އެހެން މީހުން ހިތްހަމަޖެހޭނެ ގޮތްތައް ހޯދަން މަސައްކަތް ކުރާނަމަ ނިމުމަކަށް އަންނަނީ އަމިއްލަ ނަފްސު ގެއްލިގެންކަން ހަނދާންކުރާށެވެ. ތިބާގެ ދިރިއުޅުމަކީ އެމީހުންގެ ދިރިއުޅުމެއް ނޫނަކަން ވިސްނާށެވެ.

ފަސޭހަ ދިރިއުޅުމެއް އުޅެވޭނީ ހަރުކަށި ދިރިއުޅުމެއް އިހްތިޔާރުކޮށްގެންނެވެ. މާލީ މިނިވަންކަމާއި، އާއިލާއާއެކު ވަގުތު ހޭދަކުރުމާއި، ފިޓް އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ގުރުބާނީތަކެއް ވާންޖެހޭ ކަމެކެވެ. އިތުރު ގަޑިތަކެއް ޖަހައި، އަވަހަށް ހޭލައިގެން ޖިމްއަށް ގޮސް ދާއޮހޮރުވަން ޖެހޭނެ އެވެ. އެއީ ދިރިއުޅުން ހިނގާ ގޮތެވެ. މިގޮތަށް ދިރިއުޅޭ ގިނަ ބަޔަކަށް އެކި އުދަނގޫ ދަކާވެސް ކުރިމަތިވާ ފަހަރުވެސް އާދެއެވެ. ބައެއް މީހުންނަކީ އާ އައިފޯން ގަނެ، ލަސްވަންދެން ބޭރުގައި އުޅެ، ހަށިގަނޑަށް ގެންލުން ހުރި ކާނާ ކައި ހަދާމީހުންނެވެ. "އަހަރެން ނުބުނަން ދުވަހަކުވެސް އެކަން ނުކުރެވޭނެ ކަމަށް. އަހަރެން ކޮންމެ ހަފްތާއަކު ކޭކު ގަންނަން. އިރު އަރަންދެން ޕާޓީ ކުރަން. ދެމަސް ފަހުން އަމިއްލައަށް އާ އައިފޯނެއް ގަންނާނަން. އެހެންވީމާ ތަފާތަކީ ކޮބައި ހެއްޔެވެ؟ ނަމަވެސް އަހަރެން އެކަން ކުރަނީ އަހަރެން ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

"ފަސޭހަ ޗޮއިސްތަކެއް، ބުރަ ދިރިއުޅުމެއް. ހަރުކަށި އިހްތިޔާރުތަކެއް، ފަސޭހަ ދިރިއުޅުމެއް." ޖަރޒީ ގްރެގޯރެކް ބުންޏެވެ.

އެކަމަކު އެ ވިސްނުމުގައި އަހަރެމެން ތާށިވެފައި ހުރެ، ލެވެލް އަޕްކޮށް ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލްވުމަށްޓަކައި މަސައްކަތުގައި ވިޔަސް، ގުޅުމުގައި ވިޔަސް ނުވަތަ ކެއުމުގެ މޭޒުމަތީގައި ވިޔަސް ހަމަ ގުރުބާނީތަކެއް ވާން ޖެހެއެވެ. އިންޖީނަށް ތެޔޮ ނުޖަހައިފިނަމަ ކުރިއަށް ދާނެ ކަމަށް އުންމީދު ނުކުރާށެވެ. ގިނަ ފަހަރު ދިރިއުޅުމުގައި ހުރިހާ ކަމެއް ފަސޭހަވާން ބޭނުންވި ނަމަވެސް އުދަނގޫތަކާއި ކުރިމަތިލާންޖެހޭ ފަހަރު ގިނަވެއެވެ.

ކޮންމެ މީހަކަށްވެސް ކަންތައްތައް ކުރެވޭނީ އެމީހަކަށް ކުރެވެން އޮތް މިންވަރަކަށެވެ. ނާސާއިން ޖައްވަށް ރޮކެޓެއް ފޮނުވާއިރު، އެމީހުން ބޭނުންކުރަނީ ބޫސްޓަރސް ވަގުތީ ސަޕޯޓް ރޮކެޓްތަކާއި ޓެންކްސްތައް އަނދާ ހުލިވުމުން ވެއްޓިގެންދާ ޓޭންކްސްތަކެވެ. އެމީހުން އެކަން ނުކުރިނަމަ ރޮކެޓްގެ އަމާޒު ސްޕީޑާއި އުސްމިނަށް ނުފޯރާނެއެވެ. މަރުވެފައިވާ ބަރުދަން އުފުލާއިރު ވެސް ދިމާވަނީ ހަމަ އެގޮތަށެވެ. ތިމާއާއި އެއް މަގެއްގައި ނުހިނގާ އެންމެންނާ ގުޅުން ކަނޑާލާކަށް ނުޖެހެއެވެ. އެހެން މީހުންނަށް ވެސް ހަމަ އެ ދަތުރަށް ނިކުންނަން މަގުފަހިކޮށްދެވިދާނެއެވެ. އެކަމަކު ތިމާގެ ފުރިހަމަ ގާބިލްކަމާ ހަމައަށް ވާސިލްވާން ބޭނުންނަމަ ތިމާގެ ދިރިއުޅުމާއި އެ ދިރިއުޅުމުގެ ތެރޭގައި ތިބި މީހުންނަށް ދިގު އަދި ތެދުވެރި ނަޒަރަކުން ބަލާށެވެ. ކުރީގެ ކަންތައްތައް ދޫކޮށްލާ، ފަހުގެ ކަންތައް އިސްލާހްކުރަން މަސައްކަތްކުރާށެވެ.

އަނެއް ކަމަކީ ކުރަންބޭނުންވި ކަންކަމަށް ހުރަސްއެޅި އެއް ކަމަކީ އަހަރެމެންގެ އީގޯ އެވެ. އަދި އެއީ ކާމިޔާބީއަށް ތިބާ ހުއްޓުވާ އެންމެ ބޮޑު ހުރަހެވެ. މައްސަލައަކީ އެއީ ނުބައި ސްމާޓް ކަމެވެ. އެއީ ތިބާގެ ހުކުމް ވިލާގަނޑަކަށް އަޅައި، ތިބާގެ ހިޔާލުތައް މުގުރާލާނެ ކަމެކެވެ. އަދި އެ ހުރިހާ ކަމެއްވެސް ބިނާވެފައިވަނީ ބިރުވެރިކަމުގެ މައްޗަށެވެ. ތިމާގެ ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލްވާން ބޭނުންނަމަ، ތިމާގެ އިގޯ ދޫކޮށްލަން ޖެހޭނެއެވެ. އަދި އެއާއެކު، ތިމާގެ ބިރުވެރިކަން ވެސް ދޫކޮށްލަން ޖެހެއެވެ.

މޮޅު އާދަތައް ބިނާކުރުމަކީ އަމިއްލައަށް ކުރެވޭނެ އެންމެ ރަނގަޅު އެއްކަމެވެ. އެކަމަކު އޭގެ ޒާތުގައި އެއް މައްސަލައެއް އެބައޮތެވެ. އެއީ އެމީހުންނަށް ހަމައެކަނި ވަކި ފެންވަރަކަށް ގެންދެވޭނެތީއެވެ. ހަފްތާއަކު ތިން ފަހަރު ތަމްރީނު ކުރުމާއި، ކޮންމެ ހަފްތާ ބަންދެއްގައި ޖަރނަލް ހެދުމާއި، ދުވާލަކު ދިހަ ޞަފްޙާ ކިޔުމަކީ މޮޅު ކަމެކެވެ. އެކަމަކު އިތުރަށް ކުރިއަށް ދާން ބޭނުންނަމަ ތަފާތު ސުލޫކުތައް ގެންގުޅެން ޖެހެއެވެ.

ކަމެއް ދޫކޮށްލުމަކީ ގިނަ ފަހަރަށް ހިފަހައްޓައިގެން ހުރުމަށް ވުރެ އުނދަގޫ ކަމެކެވެ. އަހަރެމެން އަމިއްލައަށް ތާށިވެފައި ތިބެވެނީ އަހަރެމެން އެހާ ހޭނިފައި ހުރުމުންނެވެ. ނަމަވެސް އަޅުގަނޑުމެންނަށް ނޭނގެނީ، އެކަންތައްތައް ދޫކޮށްލުމުން ލިބިދާނެ އިތުރު ފައިދާތަކެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *