logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖަށް މީހުން ގެންދަން އަލުން ބިޑަށް ހުޅުވާލައިފި

ރާއްޖެއިން މިއަހަރު ހައްޖައް މީހުން ގެންދަން ބިޑްކުރަން ފުރަތަމަ ހުޅުވައިލި ފުރުސަތުގައި ހުށަހެޅި ބިޑްތައް ކެންސަލްކޮށް އިސްލާމިކް މިނިސްޓްރީން އަލުން ބިޑަށް ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިން ލިބުނު ބިޑުތައް ކެންސަލް ކުރީ، އެކަށީގެން ނުވާ އަގުތަކެއް ދީފައި ހުރުމުންނާއި ބައެއް ޕްރޮޕޯސަލްތަކުގައި ހައްޖައް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތަށް، ފުރިހަމަކުރަން ޖެހޭ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.

ކުރިން ބިޑް ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 11 ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. ކުރިން ކުރި އިއުލާނުގައި ބިޑް ހުށަހެޅުމަށް، ބޮލަކަށް ހިދުމަތް ދެވޭނެ ވަކި އަގެއް ކަނޑައަޅާފައެއްނުވެއެވެ. ނަމަވެސް އަލުން އިސްލާމިކް މިނިސްޓްރީއިން ކުރި އިއުލާނުގައިވާ ގޮތުން ޕްރޮޕޯސަލް ހުށަހަޅާއިރު ބޮލަކަށް 75،000 ރުފިޔާ އާއި 95،000 ރުފިޔާއާ ދެމެދުގެ އަގެއް ވަނީ ކަނޑައަޅާފައެވެ.

އަލުން ބިޑް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށެވެ.

ހުއްދަ ލިބޭ އަމިއްލަ ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ލިބޭނެ އެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1،000 ކޯޓާ އެވެ. އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ