logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ފޮޓޯ: ދަނޭޝަން ތައިލެންޑް

ތައިލެންޑުން ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ވަގަށް އެގައުމުން ބޭރުކުރަން އުޅެނިކޮށް ދިވެހި ފިރިހެނަކު ތައިލެންޑުން ހައްޔަރުކޮށްފިއެވެ.

ތައިލެނޑްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގަ، އެގައުމުން ދިވެހި މީހާ ބޭރުކުރަން އުޅުނީ، ބާޒުތަކަކާއި ބަކަމޫނު ތަކެކެވެ. އެއީ ބްލެކް ހޯކް އާއި ބަފީ ފިޝް އައުލް އަދި ބެއާޑް އީގަލް އައުލް ތަކެއްކަމަށް ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އަދި ޕްލާންޓް ކޮންސަވޭޝަން (ޑީއެންޕީ) އާ ހަވާލާދީ ދަ ނެޝަން ތައިލެންޑް ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ނޫސްތަކުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެދޫނިތައް ބަންދުކޮށްފައި ހުރީ ލަގެޖުގައި ވަށިގަނޑުތަކަށް އަޅާފައެވެ.

އެއެއްޗެހީގެ އަގު 45،000 ރުފިޔާއަށް އަރަ އެވެ.

އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް  ތައިލެންޑްގެ ސުވަރުނަބޫމީ އެއާޕޯޓް ޕޮލިސްއަށް ހެކި ހުށަހަޅާފައިވާ ކަމަށާއި ދޫނިތައް ޑީއެންޕީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.

މަނާކޮށްފައިވާ މިފަދަ ރިދޭއެއްޗެހި އެކި ގައުމުތަކުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. މިދިޔަ މަހު ވެސް، ދިވެހިންގެ ބަޔަކު މަނާ ދިރޭ ތަކެތި ތައިލެންޑުން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތެވެ. އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަަށް މައުލޫމާތުލިބެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ