logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
ފޮޓޯ:އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ

ސިލްކް ރޯޑް ރިސާޗަށް، ޒުވާނުންނަށް އެހީދޭން ޔުނެސްކޯއިން ހުޅުވާލައިފި

އިހުޒަމާނުގައި ވިޔަފާރިއާއި އިގުތިސާދީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގި "ސިލްކް ރޯޑްސް" އާ ބެހޭ ދިރާސާތައް ކުރަން އދ.ގެ ތަރިކައާ  ބެހޭ އެޖެންސީ ، ޔުނެސްކޯ އިން ކޮންމެ އަހަރަކު ދޭ އެހީ ( ސިލްކް ރޯޑްސް ޔޫތު ރިސާޗް ގްރާންޓް) އަށް ކުރިމަތިލާން އެ އެޖެންސީން ހުޅުވާލައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި، ޔުނެސްކޯގެ އިއުލާނުގައިވާ ގޮތުން ޔުނެސްކޯގެ އެ ޕްރޮގްރާމްގެ ދަށުން 12 ފަރާތަކަށް 10،000 ޑޮލަރުގެ އެހީ ދޭނެ އެވެ. އެ އެހީއަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރުން ދަށުގެ ޕޯސްޓް ގްރެޖުއޭޓް ރިސާޗަރުންނަށެވެ. ޔުނެސްކޯގެ އިއުލާނުގައިވާ ގޮތުން ފަރުދީ ގޮތުން ކުރާ ދިރާސާއެއް ނުވަތަ ބަޔަކު ގުޅިގެން ކުރާ ދިރާސާއަކަށް ހަރަދު ކުރަން ވެސް އެ އެހީއަށް އެދެވިދާނެ އެވެ.

ޔުނެސްކޯގެ އެ ޕްރޮގްރާމްގައި ދޭ އެހީ ބޭނުންކޮށްގެން ދިރާސާކުރަން ޖެހޭނީ ސިލްކް ރޯޑް ހިއްސާކުރި މީހުން ހިއްސާކުރި ތަރިކަތަކާއި އެ ސަރަހައްދުގެ ޑައިވާސިޓީ އާއި އޭރުގެ މުޖުތަމައުތަކުގެ މެދުގައި އޮތް ގުޅުމާއި އެއްބާރުލުން ފަދަ ކަންކަމާ ބެހޭ ގޮތުންނެވެ.

އެހީއަށް އެދުމަށް ޓަކައި ކުރަން ޖެހޭނެ ކަމަކީ ޔުނެސްކޯއިން ހަދާފައިވާ ޓެމްޕްލޭޓެއްގައި ހިމެނޭ މައުލޫމާތުތައް ފުރިހަމަކޮށްފައި ހުށަހެޅުމެވެ. އެ ޓެމްޕްލޭޓް ޔުނެސްކޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ. ޓެމްޕްލޭޓްގައި ވާ މައުލޫމާތު ފުރިހަމަ ކުރުމަށް ފަހު މެއިލް ކުރާނީ ޔުނެސްކޯގެ silkroadsgrant@unesco.org މި އެޑްރެހަށެވެ. 

ޔުނެސްކޯ ސިލްކް ރޯޑްސް ޔޫތު ރިސާޗް ގްރާންޓަކީ ޗައިނާގެ އެހީގައި ހިންގާ އެހީގެ ޕްރޮގްރާމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ