logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ސޫދާން ގައި ހިނގަމުންދާ ހަނގުރާމާގައި 100 މަރު

ސޫދާނުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ އަސްކަރީ ޖަމާއަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސެސް އާ  ދެމެދު ފެށި ހަނގުރާމާގައި 100 އެއްހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހަނގުރާމަ ފެށުނީ ދެ އަހަރެއް ކުރިން ބަގާވާތަކުން ގެނައި އަސްކަރީ ޖެނެރަލުން، މަދަނީ ސަރުކާރެއް ގާއިމްކުރުމުގެ މައްސަލައިގައި ދެ ފަރާތުގެ މެދުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެންނެވެ.

ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 100 އެއްހާ މީހުން މަރުވެ، 1100 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ޑޮކްޓަރުންގެ ޔޫނިއަނަކުން ވަނީ ބުނެފައެވެ. ވެރިރަށް ހަރްތޫމްގެ މުހިންމު ސަރަޙައްދުތަކުގެ ކޮންޓްރޯލް ދެފަރާތުން ވެސް ވަނީ ހޯދާފައެވެ. ޒަހަމްވި މީހުން ނެރުމުގެ ހުއްދަ ދިނުމަށް ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް، އެއަށް އަމަލުކުރީ ކިހާ ވަރަކަށް ކަމެއް ސާފެއް ނުވެއެވެ.

ޚަރްތޫމްގެ ހޮސްޕިޓަލްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިރު، މުވައްޒަފުންނާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ބޭނުންވާ މީހުންނަށް ފޯރުކޮށްދިނުން ވަނީ މަދުވެފައެވެ. މި ހަމަނުޖެހުންތަކުގެ އަސްލަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އުމަރު އަލް ބަޝީރު މަގާމުން ދުރުކުރި ބަގާވާތަށް ފަހު ސޫދާން މަދަނީ ވެރިކަމަށް ބަދަލުވާންވީ ގޮތާ މެދު ތަފާތު ހިޔާލުތަކެއް ގެންގުޅޭ އެގައުމުގެ އަސްކަރީ ލީޑާޝިޕްގެ ތެރޭގައި ހިނގަމުންދާ ބާރުގެ ހަނގުރާމައެކެވެ.

ފާއިތުވި ދެ ދުވަހު އާރްއެސްއެފް އިން ވަނީ ހަރްތޫމްގެ ރިޔާސީ ގަނޑުވަރުގެ އިތުރުން އޮމްދުރުމަން ސިޓީ، ދާރްފޫރު ސަރަހައްދު އަދި އުތުރުގެ މެރޯ އެއާޕޯޓުގެ އެކި ތަންތަން ކޮންޓްރޯލު ހޯދާފައެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަސްކަރިއްޔާއިން އެއާޕޯޓުގެ ކޮންޓްރޯލް އަލުން ހޯދާފައިވާ ކަމަށެވެ.

އާރްއެސްއެފްއިން ވެރިރަށުގެ މުހިންމު ތަންތަން ހިފާފައިވާ ކަމަށް ބުނާ ވާހަކަ އަސްކަރިއްޔާއިން މީގެ ކުރިން ދޮގުކޮށްފައިވާއިރު، އާރްއެސްއެފްގެ ބޭސްތަކަށް ވައިގެ ހަމަލާތައް ދިނުމަށްފަހު އަސްކަރިއްޔާގެ ކޮންޓްރޯލް އަލުން ހޯދަމުންދާ ކަމަށް މަންޒަރު ދުށް މީހުން ރިޕޯޓްކޮށްފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *