logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ސޫދާނުގައި ހިނގަމުންދާ ހަނގުރާމާ ގައި 200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

ސޫދާން ހަނގުރާމަ: ވެރިރަށުން މީހުން ފައިބަން ފަށައިފި

ސޫދާނުގެ ވެރިރަށް ހަރްތޫމްގައި ހިނގަމުންދާ ހަމަނުޖެހުންތައް ހެދ އެތައް ހާސް ބަޔަކު އެ ސިޓީ ދޫކޮށް އެހެން ސަރަހައްދުކަށް ދާން ފަށައިިފިއެވެ.

ޖަޕާނާއި ޓެންޒޭނިއާ ފަދަ ބޭރުގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ރައްޔިތުން ބޭލުމަށް މިޝަންތަކާ މެދު މަޝްވާރާ ކުރަމުންނެވެ.

ބުދަ ދުވަހުގެ ހަވީރުގެ ވަގުތަށް ޕެރަމިލިޓަރީ ފޯސްއިން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވީ ނަމަވެސް އަސްކަރިއްޔާއިން އަދި އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.  ތެލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ދަތިކަން ކުރިމަތިވެ، ގިނަ ބަޔަކު ފައިމަގުގައި ނުވަތަ ޓްރަކްތަކުގައި އެމީހުންގެ އާއިލާތައް ދިރިއުޅޭ މެދުތެރެއާއި ހުޅަނގު ސޫދާންއާ ދިމާލަށް ފިލަން ވަނީ މަޖުބޫރު ވެފައެވެ.

ހަރްތޫމްގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަރުގަދަވަމުންދާއިރު، ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ސޫދާނުން ބޭލުމަށް ތައްޔާރުވާން ފަށާފައެވެ. ޖަޕާނުގެ ގާތްގަނޑަކަށް 60 އެއްހާ ރައްޔިތުން ނެރޭނެ ގޮތަކާ މެދު އެގައުމުގެ ސެލްފް ޑިފެންސް ފޯސްއިން ދަނީ މަޝްވަރާ ކުރަމުންނެވެ.

ޓެންޒޭނިއާގެ ހާރިޖީ ވަޒީރު ސްޓާގޯމޭނާ ޓެކްސް ޕާލަމެންޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓެންޒޭނިއާގެ 210 ރައްޔިތަކު އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސޫދާނުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވަނީ ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެމެރިކާ މީހުން ނެރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ.

މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ސީދާ އަދަދު ނޭނގުނު ނަމަވެސް ސެންޓްރަލް ކޮމިޓީ އޮފް ސޫދާންޑޮކްޓާސް (ސީސީއެސްޑީ) އިން އަންގާރަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އާންމުންގެ 174 މީހަކު ވަނީ މަރުވެފައެވެ.

ބުދަ ދުވަހު އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، އިނގިރޭސިވިލާތް އަދި އިތުރު 12 ގައުމަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަރުވި މީހުންގެ އަދަދު 270 އަށް އަރާފައިވާ ކަމަށް ބުނެފައެވެ.

ހަރްތޫމްގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށް ނެރެފައިވާ މި ބަޔާނުގައި ވަނީ އާންމުންނާއި ޑިޕްލޮމެޓުންނާއި އިންސާނީ އެހީތެރިންނަށް ދޭ ހަމަލާތައް ކުށްވެރިކޮށް ސޫދާންގެ އަސްކަރީ ލީޑަރުން، ލަސްނުކޮށް ސުލްހަވެރި ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *