logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

ސިނަމާލެ ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖް ހައިވޭގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް އެކްސިޑެންޓް ވެއްޖެއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 9 ހާ އިރު އެވެ.  ބާރު ސްޕީޑްގައި ދުއްވާފައި ދިޔުމުގެ ސަބަބުން ކާރު ކޮންޓްރޯލް ނުވެ، ހައިވޭގެ އަރިމަތީގެ ފެންސްގައި ޖެހި. ކާރުގެ ކުރީކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް މަންޒަރު ދުއްމީހަކު ބުންޏެވެ.

މިއެކްސިޑެންޓާއި ބެހޭ މައުލޫމާތު އަދި ފުލުހުން ހިއްސާނުކުރެއެވެ.

މި ރޯދަމަސް ފެށުނު ފަހުން ސިނަމާލެ ބްރިޖު މަތިންނައި ހައިވޭގައި އެކްސިޑެންޓްތައް ހިނގުން ވަނީ އާންމުވެފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރޯދަމަހުގެ ފުރަތަމަ ފަނަރާގައި  މާލޭ ސަރަހައްދުން އެކަނި 151 އެކްސިޑެންޓް ރިޕޯޓް ކޮށްފައިވާއިރު ޖުމްލަ 175 އެކްސިޑެންޓް ހުށަހާޅާފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *